ހިތާމައާއިއެކުވެސް ބުނަން ޖެހެނީ އަޅުގަނޑުމެންގެ ތެރޭގައި ގިނަވަމުން ދަނީ އެމީހަކަށް ﷲ ތައާލާ ތަނަވަސްކަން ދެއްވެވި ވަރަކަށް ދަހިވެތިކަން ބޮޑުވާ މީހުން ކަމަށެވެ. ގިނަވަމުން ދަނީ ވަކިހިސާބަކުން އެމީހުންގެ ލޮލަށް ފަޤީރުން ނުވެސް ފެންނަ މީހުން ކަމަށެވެ.
ތިރީގައި އެވަނީ ހަމަ ކޮންމެ މީހަކަށްވެސް ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ވިދާޅޫވެ ޢަމަލުކުރައްވަން ފަށްޓަވާށެވެ! ﷲ ތަޢާލާގެ ރަހްމަތް އޮހެންފަސާނެއެވެ. އިން ޝާ ﷲ
ފެންނަ ފެނުމުގައި އޭނާއަކީ ފަޤީރެކެވެ. ހަރު އުމުރުގެ މީހެކެވެ. ލައިގެން ހުރީވެސް ވީދިފައި އޮތް ގަމީހެކެވެ. މީހަކު ވަކިލާރިއެއް ދޭނަމަ ލާނެ ޖޯޑެއްވެސް އަތުގައި އޮތެވެ.
އޭނާ އެތަނުގައި އިންނަތާ 2 ގަޑިއިރުވީއިރުވެސް އެންމެ ދިރުހަމެއްވެސް ދޭނެ މީހަކު ނުވުމުން ހިނގާ މީހުން އަރައި ހަމަވުމުން ކާނެ އެއްޗަކަށް އެދެން ފެށިއެވެ. ހަމައެކަކުވެސް އަޅައިވެސް ނުލައެވެ. ވަރަށް ސްމާޓްކޮށް ހެދުން އަޅައިގެން ތިބޭ މީހުންވެސް ފަސްދީ ދަނީ އަޅައިވެސް ނުލާ ތިބެއެވެ.
އެހެން އިންދާ އައި ޒުވާނަކު ގާތު ކާނެ އެއްޗަކަށް އެދުމުން ވޮލެޓް ބެލިއިރު އެއިގައި އެއްވެސް ފައިސާއެއް ނެތެވެ. ދެން އެ ޒުވާނާގެ ބުރަކަށީގައި އަޅުވާފައި އޮތް ބެކްޕެކް ހުޅުވައި ޕާނަކާއި މަސްދަޅެއް ނަގައި ދީފައި ބުންޏެވެ. "މިވަގުތު އަތަކު އެއްވެސް ފައިސާއެއް ނެތެވެ. މިވަރުން މިވަގުތުގެ ބަނޑުހައިކަން ފިލާނެ ނޫންހެއްޔެވެ؟"
ސަލާންޖަހާ މީހާ ސުވާލުކުރިއެވެ. "އަތުގައި އެއްވެސް ފައިސާއެއް ނެތި ގެއަށް ގެންދަން ގަނެފައި ހުރި އެއްޗެތި ދިނުމުން ގޭގައި ތިބި މީހުން ކާނީ ކޮންއެއްޗެއް ހެއްޔެވެ؟"
ޖަވާބުގައި ޒުވާނާ ބުންޏެވެ. "މާދަމާ މަސައްކަތު ދިއުމުން ފައިސާ ލިބޭނެއެވެ. މާދަންވަންދެން ކައިލާނެ އެއްޗެތި ގޭގައި ހުންނާނެއެވެ."
ސަލާންޖަހަން އިން މީހާ އެހިސާބުން ތެދުވިއެވެ. އަދި ޒުވާނާގެ އަތުގައި ހިފައިގެން ގޮސް ދުރުގައި ޕާކުކޮށްފައި އޮތް ކާރެއްގެ ދޮރު ހުޅުވައި ކުރީ ސީޓުގައި އިށީނުމަށްފަހު ކާރުން ފައިބައި ޒުވާނާގާތު ބުންޏެވެ. "އަހަރެންނަކީ ފަޤީރެއް ނޫނެވެ. ބިލިއަނަރަކީމެވެ. އަހަރެން މިކަން މިކޮށްލީ މީހުންގެ ޢަމަލުތައް ހުންނަ ގޮތް ވަޒަންކޮށްލުމަށެވެ. މުޖުތަމައުގައި މަދުވެގެން މިއުޅެނީ ތިއަފަދަ ޒުވާނުންނެވެ. މާދަން މަސައްކަތުދާނެ ކަމެއް ނެތެވެ. މިޗެކަށް ފައިސާ ނަގައި އަމިއްލަ މަސައްކަތެއް ފަށާށެވެ."
އެމީހާ ކާރަށް އަރައިގެން ދިއުމުން ޒުވާނާ އޭނާދިން ޗެކަށް ބަލައިލިއިރު 1 މިލިއަން ޑޮލަރުގެ ޗެކެކެވެ. ޒުވާނާއަށް ޤަބޫލުކުރެވުނީ މިފެނުނީ ހުވަފެނެއް ކަމަށެވެ. ނޫންނަމަ މިހުރެވެނީ އެހެން ދުނިޔެއެއްގައި ކަމަށެވެ. ހުވަފެނެއް ނޫންކަން ޔަޤީންކުރެވުނީ ލޯފުހެލާފައި ބަލައިލުމުންވެސް ޗެކްގައި އިން އަދަދު ފެންނާތީއެވެ.
މީސްތަކުންނޭވެ! ދީލަތިވާށެވެ! ދަތި ޙާލުގައި ތިބޭ މީހުންގެ ބޭނުންތައް ފުއްދައިދޭށެވެ. ﷲ ތަޢާލާ ދެއްވަވާނެ "ޗެކް"ގައި އިންނާނެ ޢަދަދު މުޅި ދުނިޔޭގެ ހުރިހާ މުއްސަނދިކަމަށްވުރެވެސް މާބޮޑުވާނެއެވެ! އިން ޝާ ﷲ