ތިބާ ބޭނުންވާ ހުރިހާ ދޮރުތައް ހުޅުވައި ބޭނުންވާ ހުރިހާކަމެއް ޙާޞިލުކުރެވޭނެ ހަމައެންމެ ތަޅުދަނޑި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ތިބާ ބޭނުންވާ ހުރިހާ ދޮރުތައް ހުޅުވައި ބޭނުންވާ ހުރިހާކަމެއް ޙާޞިލުކުރެވޭނެ ހަމައެންމެ ތަޅުދަނޑި!

ކޮންމެ ކަމަކަށްވެސް އަގެއްވެއެވެ. ބޮޑެތި ކަންކަމަށް ބޮޑެތި އަގުތަކެވެ. އެއްޗެއްގެ އަގު އުފުލިގެންވާ އެއްޗެތީގެ އަގުވެސް ބޮޑުވާނެއެވެ. ތަނަވަސްކަން ހުރިނަމަ އަގުބޮޑު އެއްޗެއް ގަންނަން ކިތަންމެ ބޮޑު ހޭދައެއް ކުރަންވެސް ޖެހިލުމެއް ނުވާނެއެވެ. އެއީ ހޭދަކުރާ ފައިސާގެ ބަދަލުގައި ލިބޭނެ އެތީގެ އަގު މާބޮޑުވެފައި ކުރާނެ ފައިދާ މާބޮޑުވާނެތީއެވެ.

އަޅުކަންކުރުމުގައިވެސް ބަލަން އޮތީ ހަމަ މިމޭރުމުންނެވެ.

އަހުރެމެންގެ ލޮބުވެތި ނަބިއްޔާ، މުޙައްމަދު ރަސޫލް (ﷺ)ގެ ދެފައިންޕުޅު ދުޅަވެ، ލޭފޮދު ފައިބަމުން ދިއައިއިރުވެސް ރޭ އަޅުކަން ކުރެއްވެވުން މަތީގައި ދެމިހުންނެވީ ހަމަ އެންމެ ބޭނުންފުޅަކުއެވެ. ހުރިހާ ނިޢްމަތްތަކެއްގެ ދޮރު ހުޅުވޭނެ 1 ތަޅުދަނޑި ވާތީ އެވަރަށް ގަދައަޅުއްވަވައި މަސައްކަތްޕުޅު ކުރެއްވެވީ އެ ތަޅުދަނޑި ހޯއްދެވުމަށެވެ. ވީމާ އަހަރެމެންނަށްވެސް އޮތީ ރަސޫލް (ﷺ) އެކަމަށް މަސައްކަތްޕުޅު ކުރެއްވެވިފަދައިން މަސައްކަތްކޮށް އެތަޅުދަނޑި ލިބިގަތުމެވެ.

ރަސޫލް (ﷺ) އަކީ އިސްވެ ދިއަހައި ފާފަތަކާއި އަދި މުސްތަޤްބަލުގައި ކުރެއްވެވިދާނެ ފާފަތައްވެސް ﷲ ތަޢާލާ ފުއްސަވައި ދެއްވަވައިވާ ބޭކަލަކަށްވެވަޑައިގެން ހުންނަވައިމެ އެހައިމެ ބުރަފުޅުކޮށް ރޭ އަޅުކަން ކުރައްވާ ސަބަބު ބަޔާންކޮށްދެއްވަވަމުން ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ އެ ތަޅުދަނޑީގެ ވާހަކައެވެ. އެ ތަޅުދަނޑިއަކީ ނިޢްމަތަށް ޝުކުރުވެރިވުމެވެ. މިކަން އެނގިގެންދަނީ "ހުރިހާ ފާތަކެއް ފުއްސަވައިދެއްވެވުމުން ތިމަން ރަސޫލާ (ﷺ) އަށް ޝުކުރުވެރިވެވަޑައިގަންނަވަން ޖެހިވަޑައިގަންވާނެ"ކަން ބަޔާން ކުރެއްވެވުމުންނެވެ.

މީސްތަކުންނޭވެ! ޝައިޠާނާ އެންމެ ބޮޑަށް މާޔޫސްކޮށްލަން ބޭނުން ނަމަވެސް ނިޢްމަތަށް ޝުކުރުވެރިވުން ގިނަކުރާށެވެ! ނިޢްމަތްތަކަށް ޝުކުރުވެރިވުން ގިނަކުރުމަށް ﷲ ތަޢާލާ އަންގަވާފައިވަނީ އެ ސަބަބަށްޓަކައެވެ. ނިޢްމަތަށް ޝުކުރުވެރިވެވަޑައިގަތުމަށް ރަސޫލް (ﷺ) އެހައި ބޮޑަށް ސަމާލުކަން ދެއްވެވީ ވެސް ހަމަ އެ ސަބަބަށްޓަކައެވެ. ވީމާ ޝުކުރުވެރިވުން އިތުރުކުރާށެވެ! އިތުރުކުރިވަރަކަށް ރަޙްމަތް ދާނީ އޮހެމުންނެވެ.! އިން ޝާ ﷲ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން