ދެވަނަ ކައިވެނި ކުރަންޖެހިގެން ކުރުމަށްފަހު ކުރީގެ ބައިވެރިޔާއާ އެއްނާޅީން މިނާ މީހަކަށް ދުވަހަކުވެސް އުފާވެރިކަމެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދެވަނަ ކައިވެނި ކުރަންޖެހިގެން ކުރުމަށްފަހު ކުރީގެ ބައިވެރިޔާއާ އެއްނާޅީން މިނާ މީހަކަށް ދުވަހަކުވެސް އުފާވެރިކަމެއް ނުލިބޭނެ!

މާޒީ ހިތިވެގެން ލިބޭނެ ގެއްލުމެއް ނުއޮންނާނެއެވެ! ގެއްލުން ލިބޭނީ މުސްތަޤްބަލް ބަނަވުމުންނެވެ. ބުއްދިވެރިންނަކީ މާޒީން ޢިބްރަތް ޙާޞިލުކޮށް މުސްތަޤްބަލް އުޖާލާކުރަން މަސައްކަތްކުރާ މީހުންނެވެ. މާޒީގެ އަނދިރިކަމަށް ނުވިސްނައި މުސްތަޤްބަލް ވިދުވަރެއް ފަދައިން އަލިގަދަކޮށްލަން މަސައްކަތްކުރާ މީހުންނެވެ.

މާޒީގަ ކުރިމަތިވި ކޮންމެ ކަމަކީ ތިބާއަށް ދެއްވެވި ފިލާވަޅެކެވެ. ވީމާ އޮތީ ހިތާމަކުރުމެއް ނޫނެވެ. އުފާކޮށް ޢިބްރަތް ޙާޞިލުކުރުމެވެ. އެކަމުގެ ޙިކުމަތަކީ ތިބާ އަށް އީބްލާޙްވާން ޖެހޭކަން އަނގަވައިދެއްވެވުން ކަމުގައި ޤަބޫލުކުރާށެވެ!

މިއީ ދިރިއުޅުމުގައިވެސް ވިސްނައިލަން ޖެހޭ ވަރަށް މުހިންމު ކަމެކެވެ. ބައެއް މީހުން އަބަދުވެސް ވިސްނަނީ ކުރީގެ ބައިވެރިޔާ ކަންކަން ކުރިގޮތާއިމެދުގައެވެ. އެއީ މުޅިން ބޭކާރު ވިސްނުމެވެ. ކުރީގެ ބައިވެރިޔާގެ ކިބައިން ލިބުނީ ފިލާވަޅެއް ކަމުގައި ދެކޭށެވެ! ދެވަނަ ބައިވެރިއަކު ލިބިފައި ތިއަވަނީ އެ ފިލާވަޅު ލިބުނީތީއެވެ.

ވީމާ ދެބައިވެރިން އެއްނާޅިއަކުން ނުމިނާށެވެ! އެއް ކޯޓެއް ނުވަތަ ހެދުމެއް ލައްވަން މަސައްކަތްނުކުރާށެވެ! މިހާރުގެ ބައިވެރިޔާ ރަނގަޅުނަމަ އެއީ ތިބާއަށް ދެއްވެވި ވަރަށް ބޮޑު ނިޢްމަތެކެވެ. އެ ނިޢްމަތް ދަމަހައްޓަން މަސައްކަތްކުރާށެވެ.

އެގޮތަށް ވިސްނައިގެން މަސައްކަތް ނުކޮށްފިނަމަ ދުވަހަކުވެސް އުފާވެރިކަމެއް ނުލިބޭނެއެވެ. އަބަދުވެސް ހުންނަން ޖެހޭނީ ޝައްކުގެމަތީގައެވެ. ކަންބޮޑުވުމެއްގައެވެ. ތިމާއަށް ތިމާ އެދޭފަދަ ބައިވެރިއަކު ލިބޭނީ ޢުމުރުގެ ކިހާހިސާބެއްގައިކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.

މާޒީއަށް ބަލައިގެން ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ މާޒީގައި ލިބުނު ފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކުރުމެވެ! އެނޫން އެއްވެސް ބޭނުމެއް މާޒީއަކުން ނުހިފޭނެއެވެ. އެނޫން އެއްވެސް ބޭނުމެއް ނުވެސް ނެތެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން