ޢަދުލް އިންޞާފު ޤާއިމުކުރުމުގަ އެންމެ ޢަދުލުވެރި ބަސް އޮތީ ޤުރްއާނުގައިކަމަށް ޤާނޫނު ކިޔަވައިދޭ ބޮޑެތި ޔުނިވަރސިޓީތަކުން މިއަދު ޤަބޫލުކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ޢަދުލް އިންޞާފު ޤާއިމުކުރުމުގަ އެންމެ ޢަދުލުވެރި ބަސް އޮތީ ޤުރްއާނުގައިކަމަށް ޤާނޫނު ކިޔަވައިދޭ ބޮޑެތި ޔުނިވަރސިޓީތަކުން މިއަދު ޤަބޫލުކުރޭ!

ޢަދުލް އިންޞާފު ޤާއިމުކުރުމުގައި އެންމެ ޢަދުލުވެރި ބަސް އޮތީ ޤުރްއާނުގައިކަމަށް ޤާނޫނު ކިޔަވައިދޭ ދުނިޔޭގެ ބޮޑެތި ޔުނިވަރސިޓީތަކުން މިއަދު ޤަބޫލުކުރެއެވެ. އެގޮތުން އެމެރިކާގެ ހާވާޑް ޔުނިވަރސިޓީން ވަނީ މި އާޔަތް ޤަބޫލުކޮށްފައެވެ. ބަލައިގެންފައެވެ. ދަނީ މި އާޔަތަށް ތަޢްރީފްކޮށް ދަރިވަރުންނަށް ކިޔަވައިދެމުންނެވެ. 

އެއާޔަތަކީ: 

އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޢަދުލު އިންޞާފު ޤާއިމް ކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) ﷲއަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަޤީރަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، ﷲ، އައުލާ ކަން ބޮޑެވެ. ތިޔަބައިމީހުން ޢަދުލުވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބަޢަ ނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."

(އައްނިސާ: 135) 

ލެކްޗަރަރ އިން ބުނެއެވެ. 

"މިއާޔަތުގައިވާ ފަދައިން ޚުދު ތިމާއަށް ކުށެއް ކުރެވިއްޖެނަމަވެސް އެކަން ޤަބޫލުކުރާށެވެ! މާފަށް އެދެންޖެހޭ ޙާލަތުގައި މާފަށް އެދޭށެވެ. އަދި އަމިއްލަ މައިންބަފައިން ނަމަވެސް ކުށެއް ކޮށްފިނަމަ އެމީހުންނާއި މެދު ޙައްޤުބަސް ބުނާށެވެ. ތެދުބަހުން ހެކިބަސްދޭށެވެ. އިންޞާފު ޤާއިމްކުރުމުގައި އެއްވެސް މީހެއްގެ މޫނަށް ނުބަލާށެވެ! ތިމާގެ އަމިއްލަ މޫނަށްވެސް ބަލައިގެން ނުވާނެއެވެ. ބުނަންޖެހޭނީ ޙައްޤު ބަހެވެ. ޙުކުމްކުރަންވާނީ ޢަދުލަށެވެ." 

ޙަޤީޤީ އިސްލާމްދީނަކީ މިއީއެވެ. މުސްލިމް ޢިލްމްވެރިންނަށްވެސް ވިޑާޅުވަން އޮތީ ހަމަ މިބަސްފުޅުތަކެވެ. މުސްލިމް ޢިލްމުވެރިންގެ އިތުރުން މުސްލިމުން ނޫން ޢިލްމުވެރިންނަށްވެސް ކީރިތި ޤުރްއާނާއިމެދު މިފަދަ ބަސްތައް ބުނެވޭކަން އެއީ ކީރިތި ޤުރްއާނުގެ މަތިވެރިކަން އަންގައިދޭ ދަލީލަކަށް ނުވަނީ ހެއްޔެވެ؟ ކީރިތި ޤުރްއާނަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅުކަން ޔަޤީންކުރަންލިބޭ އިތުރު ދަލީލަކަށް މިކަން އެކަނިވެސް ފުދިގެން ނުދަނީ ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން