ލޮބުވެތި ކަނބަލުންނޭވެ! އެސްފީނާއާ ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތްވުމަށް އެދިގެން ކުރަންއޮތް އެއްކަމަކީ ވުޟޫމަތީގަ ނޫނީ ބޭރަށް ނުދިއުމެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ލޮބުވެތި ކަނބަލުންނޭވެ! އެސްފީނާއާ ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތްވުމަށް އެދިގެން ކުރަންއޮތް އެއްކަމަކީ ވުޟޫމަތީގަ ނޫނީ ބޭރަށް ނުދިއުމެވެ!: މުފްތީ މެންކް

ވީވަރަކުން އަބަދުވެސް ވުޟޫމަތީގައި ހުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އެކަމުގެ ތަފްޞީލަށް ފަހުން ދާނަމެވެ. އެކަމަކު މިވަޤުތު ހާމަމިކުރަނީ ގެއިން ބޭރަށްޑާނަމަ ވުޟޫމަތީގައި ބޭރަށް ދިއުމުގެ މުހިންމުކަމުގެ ވާހަކައެވެ. 

ލޮބުވެތި އުޚުތުންނޭވެ! ޚާޢްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ގެއިން ބޭރަށް ދާނަމަ ވުޟޫކޮށްގެން ނުކުތުމަށް ސަމާލުކަން އިތުރުކުރާށެވެ! ޖިންނި ޝައިޠާނުންގެ އުނދަގޫ ފޯރައިގެން މައްސަލަތައް ކުރިމަތިވާ ގިނަ މީހުންނަށް އެކަންކަން ކުރިމަތިވެފައިވާނީ ވުޟޫމަތީގައި ނެތިއެވެ. އަދި އެސްފީނާގެ އަސަރުވެސް ގިނަފަހަރު ފޯރާފައިވާނީ ވުޟޫމަތީގައި ނެތިއެވެ. 

ވީމާ މި ސަބަބުތަކަށްޓަކައިވެސް ވީހައި ގިނައިރު ވުޟޫމަތީގައި ހުންނަން މަސައްކަތްކުރާށެވެ! ޙަފްލާތަކަށާއި ޕާޓީތަކަށްދާއިރު ވުޟޫމަތީގައި ދިއުން އާދަކުރާށެވެ! ވީވަރަކުން ވުޟޫމަތީގައި ދެމިހުންނަން މަސައްކަތްކުރާށެވެ! 

ވުޟޫމަތީގައި ހުރުމަކީ ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތް ކުރައްވަވާ ކަމެކެވެ. ވީމާ ޚާއްޞަކޮށް އަންހެނުން ގެއިން ބޭރުގައި އުޅޭއިރު ވުޟޫމަތީގައި ތިބުމަކީ ރައްކަތެރިކަމުގެ ގޮތުން ވެސް ކުރަން ޖެހޭ ކަމެކެވެ. 

މީގެ މާނައަކީ ވައިބޭރުވާން އުޅޭނަމަ ގަދަކަމުން ހިފެހެއްޓުމެއް ނޫނެވެ. އެހެނީ ގަދަކަމުން ވައިބޭރުވިއަ ނުދީ ހިފެހެއްޓުމަކީ ޞިއްހަތަށް ވަރަށް ގެއްލުންހުރި ކަމެކެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން