ޖިންސީ ގޮތުން ވަރުގަދަވާން ޙަރާމްކަންކަން ކުރަން ބުނެދޭ ޑޮކްޓަރަކީ ޝައިޠޯނާ! އެކަންކަމަކުން ޝިފާއެއް ނުލިބޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޖިންސީ ގޮތުން ވަރުގަދަވާން ޙަރާމްކަންކަން ކުރަން ބުނެދޭ ޑޮކްޓަރަކީ ޝައިޠޯނާ! އެކަންކަމަކުން ޝިފާއެއް ނުލިބޭނެ!: މުފްތީ މެންކް

ބައެއް މީހުން އެމީހުން ގެންގުޅޭ ފޯނުން ﷲ ތަޢާލާ ހަރާމްކުރެއްވެވި ކަންކަން ކޮށްފައި ނުވަތަ ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ އެއްޗެއް ބޭނުންކޮށްފައި އެކަންކުރީ ދެމަފިރިންގެ ގުޅުން ރަނގަޅުކުރަން ގައިގެ ބާރުޖައްސަން ކަމަށް އެބަބުނެއެވެ. 

މީސްތަކުންނޭވެ! މިއީ ކިހިނަކުން ދެއްކޭނެ ބަހަނާއެއް ހެއްޔެވެ؟ އަހުރެންވެސް ޤަބޫލުކުރަމެވެ. ޞިއްޙީ ސަބަބުތައް މެދުވެރިވެ ތިއކަންތަކުގައި އެހީތެރިކަމަށް ނުވަތަ ފަރުވބާއަށް ބޭނުންވާ މީހުން ވަރަށް ގިނައެވެ. ތިބާއަކީ އެއިގެ ތެރެއިން މީހަކަށްވެދާނެއެވެ. 

އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. ޑޮކްޓަރެއްގެ ގާތަށް ގޮސް އަވަހަށް ފަރުވާހޯދާށެވެ! އެއީ ކުރަން ލަދުގަންނަން ޖެހެންވީ ކަމެއް ނޫނެވެ. ފަރުވާކުރަންޖެހޭ ކޮންމެ ބައްޔަކަށްވެސް ފަރުވާކުރުން ދީނުގައި ވަނީ ހުއްދަކުރައްވަވައިފައެވެ. 

ހަމައެކަނި ޔަޤީންކުރަންޖެހޭ ކަމަކީ މިކުރެވޭ ފަރުވާއަކީ ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ފަރުވާއެއްކަމެވެ. ފަރުވާ ހޯދުމުގެ ނަމުގައި ﷲ ތަޢާލާ ޙަރާމް ކުރައްވަވާ އެއްވެސް ކަމެއް ކުރުން މުސްލިމުންނަށް ހުއްދައެއް ނުވާނެއެވެ.

ލޮބުވެތި އެކުވެރިންނޭވެ! ފަރުވާ ހޯދުމުގެ ތިއަކުރާ ޙަރާމްކަންކަން ކުރަން ބުނެދޭ ޑޮކްޓަރަކީ ޝައިޠޯނާއެވެ. ޝައިޠޯނާ ބުނެދޭ ކަންކަން ކޮށްގެން ލިބޭނީ ކޮން ފަރުވާއެއް ހެއްޔެވެ؟ ފަރުވާ ނުވަތަ ޝިފާ ލިބުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން