އަނބިމީހާ ޝަކުވާކުރުމުން ބޮލަށް އުނދަގޫކުރަނީކަމަށް ޤަބޫލުކުރެވޭނަމަ ނިމުން ވަރަށް ހިތިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އަނބިމީހާ ޝަކުވާކުރުމުން ބޮލަށް އުނދަގޫކުރަނީކަމަށް ޤަބޫލުކުރެވޭނަމަ ނިމުން ވަރަށް ހިތިވާނެ!

އަނބިމީހާ ތިބާގެ ގާތުގައި ކަމެއް ނުކުރަން ބުނާނަމަ ނުވަތަ ތިބާއަށް ކުރެވޭ ކަމަކާއި ގުޅިގެން ޝަކުވާކުރާނަމަ އެއީ ބޮލަށް އުނދަގޫކުރަނީކަމަށް ނުބުނާށެވެ. އެދައްކާ ވާހަކައެއް އަޑުއަހައި ސަމާލުކަން ދޭށެވެ. 

ސަމާލުކަން ނުދީފިނަމަ ޝަކުވާކުރުން ހުއްޓައިލާ ދުވަހެއް އަންނާނެއެވެ. އެދުވަހުން ތިބާގެ ބޮލަށް ފަސޭހަވެދާނެއެވެ. ނަމަވެސް ބުނަންހެއްޔެވެ؟ 99 އިންސައްތަ ފަހަރު، އެއިރު އަނބިމީހާ ހުންނާނީ ތިބާއަށް ގެއްލިފައެވެ. 

ކޮންމެ އަންތބަކުވެސް ފިރިމީހާގެ ކިބައިން އެދޭ ކަންތައްތަކެއް ހުންނާނެއެވެ. ފިރިމީހާގެ ކިބައިން އިޞްލާޙްކުރަން އެދޭ ކަންތައްތަކެއްވެސް ހުންނާނެއެވެ. އަދި ފިރިމީހާވެސް އަނބިމީހާގެ ކިބައިން އިޞްލާޙްކުރަންޖެހޭ ކަންތައްތަކެއްވެސް ހުންނާނެއެވެ. އެކަންކަމުގެ ވާހަކަ ދެއްކުމުން ދެމީހުންކުރެ އެކަކުވެސް އެއީ ބޮލަށް އުނދަގޫކުރުން ކަމަށް ދެކެގެން ނުވާނެއެވެ. 

ބައެއް ފިރިން ފާހަގަކުރާ މައްސަލައަކީ ގޮސް ގެއަށް ވަންނަތަނުން މައްސލަތަކުގެ ވާހަކަ ފަށާކަމެވެ. އެކަން އެގޮތަށް މެދުވެރިވަނީވެސް ސަބަބެއް ނެތިއެއް ނޫނެވެ. ގިނަ ފަހަރަށް އެގޮތަށް މެދުވެރިވަނީ ޥާހަކަ ދައްކާނެ ވަޤުތު ނުދޭތީއެވެ. 

މިޘާލަކަށް ބުނާނަމަ އޮފީހުން ނިމިގެން ގޮސް ގެއަށް ވަދެ، ކައި ނިމިގެން ނިދާލާފައި ތެދުވެ ފެންވަރައިގެން ބޭރަށްދާގޮތަށް އެނބުރި ގެއަށް އަންނަނީ އަނބިމީހާ ނިދާފަހުން ކަމުގައިވާނަމަ އަނބިމީހާ ފިރިމީހާ އާއި ވާހަކަ ދައްކާނީ ކޮންވަޤުތަކުހެއްޔެވެ؟ 

ހުރިހާ އެކުވެރިންވެސް މިބުނި ބަސްކޮޅަށް ރަނގަޅަށް ވިސްނާށެވެ! ދުނިޔޭގައި ހޭދަކޮށްލަން މިލިބޭ މަދު ދުވަސްކޮޅު އުފަލުގައި އުޅެވޭނީ މިފަދަ ކަންކަމަށް ވިސްނައި ދެމީހުންވެސް ލޯބިން ދިރިއުލެން މަސައްކަތްކުރުމުންނެވެ. 

- އަލަފް

މިއަދު އޮންލައިން