ކޮންމެ ދެމަފިރިއަކުވެސް އެކަކު އަނެކަކަށް ރަޙުމްކުރުމަކީ އެމީހެއްގެ ފަހަތުން ﷲ ތަޢާލާގެ ރަޙްމަތް އަންނާނެ ކަމެއް! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކޮންމެ ދެމަފިރިއަކުވެސް އެކަކު އަނެކަކަށް ރަޙުމްކުރުމަކީ އެމީހެއްގެ ފަހަތުން ﷲ ތަޢާލާގެ ރަޙްމަތް އަންނާނެ ކަމެއް! އިން ޝާ ﷲ: މުފްތީ މެންކް

ކޮންމެ ދެމަފިރިއަކުވެސް ވިސްނާށެވެ! ފިރިމީހާ ނަމަވެސް އަދި އަނބިމީހާ ނަމަވެސް އެމީހާގެ ބައިވެރިޔާއަށް ރަޙުމްކުރާށެވެ! ވީހައި ހެޔޮކޮށް ކަންކަންކުރާށެވެ. އެކަމުގައި ފިރިން އިތުރަށް ސަމާލުކަންދޭންވާނެއެވެ. އެހެނީ އަނބިމީހާގެ ހުރިހާ ޒިންމާތަކެއް އެޅިފައިވަނީ ފިރިމީހާގެ ކިބައިގައެވެ.

ދިރިއުޅުން އެންމެ އުފާވެރިވާނީ އަނބިމީހާއަށް އޭނާގެ އެއްވެސް ބޭނުމަކު އެހެން މީހެއްގެ ގާތުން އެދެން ނުޖެހޭނެ ގޮތަށް ކަންކަންކޮށްދިނުމުންނެވެ. އެއްވެސް ކަމަކު އެހެން މީހެއްގެ ގާތުން އެދެން ޖެހޭނަމަ ދެމެދަށް ވަދެ ދިރިއުޅުން ހަލާކުކޮށްލުމުގެ ފުރުޞަތު ޝައިޠޯނާއަށް ބޮޑުވެގެންދެއެވެ. އަދި އެއީ ޝައިޠޯނާ އެންމެ ބޮޑަށް އެދިއެދި ހުންނާނެ ފުރުޞަތުކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ.

ކޮންމެ މީހަކަށް ނަމަވެސް އޯގާތެރިވެ ރަޙުމްކުރާށެވެ! އެހެން މީހުންނަށް އޯގާތެރިވެ ރަޙުމްކުރާ މީހުންގެ ފަހަތުން ﷲ ތަޢާލާގެ ރަޙްމަތް އައިސް އެމީހަކާއި އަރައި ހަމަކުރާނެތެވެ! އިން ޝާ ﷲ.

އެހެންކަމަސްވާއިއރު ތިމާ ކޮންމެހެން ރަޙުމްކުރަންޖެހޭ މީހަކަށް ރަޙުމް ކުރުމުން ލައްވަވާނެ ރަޙްމަތް ހިތަށް ގެންނާށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށްވުރެ މުހިންމީ ކޮންކަމެއް ހެއްޔެވެ؟

ރަޙުމް ކުރުމުގެ މާނައަކީ ހަމައެކަނި ނިދާ ވަގުތު ގައިގައި ފިރުމުން ކަމަށް ނުވަތަ ބައްދަލުވުން އޯގާތެރި ބަސްތައް ބުނެ ހިނިތުންވުން ކަމުގައި ނުހަދާށެވެ! ރަޙުމްކުރުމުގެ ފުރިހަމަ މާނައަކީ ދިރިއުލުމުގެ ހުރިހާ ކަމެއްގައިވެސް އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމެވެ. އޯގާތެރިކަމާއިއެކު ކޮންމެ ކަމެއްވެސް ކުރަމުން ގެންދިއުމެވެ. ލިބޭ މިންވަރަކުން ދީލަތިކަން އިސްކުރުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން