މަގުމައްޗަށް ނުކުމެ އުޅޭއިރު ސަމާލުކަންދޭންޖެހޭ މުހިންމު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
މަގުމައްޗަށް ނުކުމެ އުޅޭއިރު ސަމާލުކަންދޭންޖެހޭ މުހިންމު ކަމެއް!

ހުޅަނގުގެ ނުފޫޒުތަކާއިއެކު މުސްލިމް ބައެއް އަންހެނުން ތިބެނީ ދީނުގައިވާ މަގުން ނިވާނުވެއެވެ. އެކަމުގައި އިންތަކުން ނެއްޓި ހައްދުފަހަނައަޅައިދާ ބައަކުވެސް އުޅެއެވެ. ނަތީޖާއަކަށްވަނީ އެފަަދ އަންހެނުން ފެނުމުން ގައިގައި ބީހިލަން ފިރިހެނުން ޝައުޤުވެރިވުމެވެ. 

އެހެންކަމުން ފުރަތަމަ ކަމަކަށްވެސް ފިރިހެނުންނަށް ބުނެލަން ބޭނުންވަނީ ބެލުންތައް ތިރިކުރާށެވެ. އެއިރުން އެކަނބަލުން ހެދުން އަޅައިގެން ތިބި ގޮތެއް ނުފެންނާނެއެވެ. އެކަމުން ކުރާ އަސަރެއް ނުކުރާނެއެވެ. އޭނާގެ ގައިގައި އަތްލަން ޝައުޤުވެރިއެއް ނުވެވޭނެއެވެ. 

ހަމައެއާއިއެކު ފިރިހެނުން ވިސްނަން ޖެހޭނެ ކަމެއްވެސް އެބައޮތެވެ. ކޮންމެ ގޮތަކަށް ފޭރާންލައިގެން ތިބިނަމަވެސް އެކަނބަލުންގެ ގައިގައި އެކަނބަލުން ނުރުހޭ މީހަކު ބީހެން ބޭނުންނުވާ އަންހެނުންވެސް ތިބޭނެއެވެ. ވީމާ ހެދުން ލައިގެން ހުންނަ ގޮތަށް ބަލައި އެއްވެސް ކަނބަލެއްގެ ގައިގައި ބީހެން މަސައްކަތް ނުކުރާށެވެ. 

މުސްލިމުންނަށް އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ. އެހެން މީހަކު ޢަމަލުނުކޮށް ހުރުން ކުށްވެރިކޮށް، ނުވަތަ އެއީ ބަހަނާއަކަށް ދައްކައިގެން ފާފަކުރުމެއް ނެތެވެ. ފާޙިޝް ޢަމަލުތަކަށް މަގުފަހިވާނެ ހުރިހާ ކަންކަން ޝައިޠޯނާ ޒީނަތްތެރިކޮށް ދައްކައިދޭނެއެވެ. އެކަން ކުރުމުގައި ޝައިޠޯނާ ހިނދުކޮޅަކަށްވެސް ވަރުބައްޔެއް ނުވާނެއެވެ. ދުލެއްވެސް ނުދޭނެއެވެ. 

އިންސާނާގެ ހިތް އެދޭ ހުރިހާ ކަމަކުން ނަރަކަ ޒީނަތްތެރި ކުރައްވަވާފައިވާކަން ޤަބޫލުކުރާށެވެ! ހިތްއެދޭހައި ކަންކަންކޮށް ހިތް އެދޭހައި ގޮތަކަށް އުޅެންވެއްޖެނަމަ އެދެވެނީ ނަރަކަ ޢާއި ދިމާއަށެވެ. ސުވަރުގެ އާއި ދިމާއަށް ދެވެން އޮތީ ހިތް ކިތަންމެ ވަރަކަށް އެދުނު ނަމަވެސް ﷲ ތަޢާލާ ހުއްދަ ނުކުރައްވަވާ ކަންކަން ނުކޮށް ހުރެގެންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން