ކެވެނީ އަންހެން މޭވާއެއްކަން ނުނވަތަ ފިރިހެން މޭވާއެއްކަން ނުއެނގުނަސް މޭވާވެސް ލައްވަވާފައިވަނީ ޖޯޑުޖޯޑަށްކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ކެވެނީ އަންހެން މޭވާއެއްކަން ނުނވަތަ ފިރިހެން މޭވާއެއްކަން ނުއެނގުނަސް މޭވާވެސް ލައްވަވާފައިވަނީ ޖޯޑުޖޯޑަށްކަން ޤުރްއާނުން-

އިންސާނުންނަށް ކަންކަން އެނގެނީ ﷲ ތަޢާލާ އަންގަވައިދެއްވެވި މިންވަރަކަށެވެ. އަންގަވައިދެއްވެވި އެއްޗެކެވެ. އެހެންވެ މޭވާގެ ތެރެއިން އަންހެން މޭވާ ޢާއި ފިރިހެން މޭވާ ވަކިކުރަން ނުއެނގެނީއެވެ. 

ކޮންމެ މޭވާއެއްވެސް ލައްވަވާފައިވަނީ ދެވައްތަރުންނެވެ. ޖޯޑުޖޯޑަށެވެ. އެކަން ކީރިތި ޤުރްއާނުން އެނގެން މިއޮތީއެވެ! 

"އަދި އެކަލާނގެއީ، ބިން ފަތުރުއްވައި، އެ ބިމުގައި ހަރުލައި ހުންނަ ފަރުބަދަތަކާއި، ކޯރުތައް ލެއްވި ރަސްކަލާނގެއެވެ. އަދި އެއީ، ހުރިހާ ބާވަތެއްގެ މޭވާތައް، ޖޯޑުޖޯޑަށް (ދެވައްތަރުން ދެވައްތަރުން) ލެއްވި ރަސްކަލާނގެއެވެ. (އަދި) އެކަލާނގެ ރޭގަނޑުން ދުވާލު ނިވައިކުރައްވަތެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި ފިކުރުކުރާ ބަޔަކަށް، ހެކިތަކެއް ވާކަން ކަށަވަރެވެ."

(އައްރަޢްދް: 3) 

މިއާޔަތުން އިތުރު އެއްކަމެއް ފާހަގަކޮށްލާނަމެވެ! އެއީ ރޭގަނޑުވުމުން ދުވާލުގެ ދައުރު އަދާނުކުރުމުގެ މުހިންމު ކަމެވެ. މިޘާލަކަށް ދިރިއުޅެން މަސައްކަތްކުރަނީ ދުވާލުގެ ވަޤުތުތަކުގައި ކަމަށް ހެދުމާއި ރޭގަނޑުވުމުން ރޭގަނޑުގެ ގޮތުގައި ބޭނުން ހިފުމުގެ މުހިންމު ކަމެވެ. ޙަދީޘްފުޅުގައި ކޮންމެހެން ހޭލައި ހުންނަން ޖެހޭ ކަމެއްގައި މެނުވީ ޢިޝާ ނަމާދުގެ ފަހުން ހޭލައި ނުހުންނަން އޮތް ހަދީޘް ބަސްފުޅަށް ޢަމަލުކުރުމުގެ މުހިންމުކަމެވެ. 

"..(އަދި) އެކަލާނގެ ރޭގަނޑުން ދުވާލު ނިވައިކުރައްވަތެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި ފިކުރުކުރާ ބަޔަކަށް، ހެކިތަކެއް ވާކަން ކަށަވަރެވެ." ވަޙީ ކުރައްވަވާފައި އެވަނީ އެކަން ދެނެގަނެ ޢަމަލުކުރުމަށެވެ. ރޭގަނޑުވުމުން ދުވަސް ނިމިދާކަން ދެނެގަތުމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން