މަރުވުމުން އެންމެން ކަރުނައަޅާނެ މީހެއްގެ ގޮތުގަ މަރުވެވުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށް އޮތް މަގެކެވެ!: ޝައިޚް ވައްހާޖް ޠަރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
މަރުވުމުން އެންމެން ކަރުނައަޅާނެ މީހެއްގެ ގޮތުގަ މަރުވެވުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށް އޮތް މަގެކެވެ!: ޝައިޚް ވައްހާޖް ޠަރިން

މީސްތަކުންނޭވެ! ކޮންމެ ކުއްޖަކުވެސް އުފަންވުމުން ރޮއިގަނެއެވެ. އަޑުއަހަންތިބޭ މީހުން އުފާކޮށް މަރުޙަބާކިޔައެވެ. 

އަހުރެމެން މަސައްކަތްކުރަންވީ އަހުރެމެން ދުނިޔޭގައި އުޅެފައި ދުނިޔޭގެ ޙަޔާތް ނިމި ދުނިޔެއިން ބޭރުވުމުން، މަރުވުމުން އެންމެހައި މީސްތަކުން ހިތާމަކޮށް ކަރުނައަޅާނޭ މީހަކަށްވުމަށެވެ. 

އެފަދަ މީހަކަށް ވެވޭނީ ދުނިޔޭގައި އެމީހަކު ހޭދަކުރާ ހަޔާތުގައި އެހެން މީހުންނަށް އަޅާލައި އެހީތެރިވާ މީހަކަށްވެވިގެންނެވެ. އެހެން މީހުންނަށް ހިތް ހެޔޮ، އެހެން މީހުންދެކެ ލޯބިވާ މީހަކަށް ވެވިގެންނެވެ. 

މީސްތަކުންނޭވެ! އުންމީދުކުރާށެވެ! އުފާކުރާށެވެ! ތިމާއަކީ އެފަދަ މީހަކަށް ވެވިއްޖެނަމަ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެއެވެ. އިން ޝާ ﷲ 

އަހުރެމެން ކިތަންމެ ގިނައިން އަޅުކަންކުރިނަމަވެސް އެކަމުގެ ސަބަބުން އެކަނި ސުވަރުގެއަކަށް ނުވައްދަވަތެވެ. ސުވަރުގެ ވަދެވޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބިގެންނެވެ. ވީމާ އަޅުކަންކުރާއިރުވެސް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާނެ ގޮތަށް ދުނިޔޭގެ ޙަޔާތް ހޭދަކުރަން މަސައްކަތްކުރަން އެބަޖެހެއެވެ. 

 

- ޝައިޚް ވައްހާޖް ޠަރިންގެ ދަރުސަކުން

މިއަދު އޮންލައިން