ޔަމަނުން އަންނަ މީރުވަސްދުވާ ފިނިފިނިވައި ޖެހުމުން ހުރިހާ މުސްލިމުން މަރުވާނެތެވެ! އެރޭ ޤުރްއާން އުފުއްލަވާނެތެވެ!- ޑރ. ޔާސިރް ޤާދީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޔަމަނުން އަންނަ މީރުވަސްދުވާ ފިނިފިނިވައި ޖެހުމުން ހުރިހާ މުސްލިމުން މަރުވާނެތެވެ! އެރޭ ޤުރްއާން އުފުއްލަވާނެތެވެ!- ޑރ. ޔާސިރް ޤާދީ

ﷲ ތަޢާލާ ވައެއް ފޮނުއްވަވާނެތެވެ. އެ ވައި އަންނާނީ ޔަމަނުންނެވެ. އެވައިގައި މީރުވަސް ދުވާނެއެވެ. ސިލްކްހައި މަދުވެސްވާނެއެވެ. އެވައި ޖެހުމުން ހުރިހާ މުސްލިމުން ވަރަށް ރިވެތިވެގެންވާ މަރަކުން މަރުވާނެއެވެ. މިވައި އަންނާނީ ރޭގަނޑެއްގައެވެ. ހެނދުނުވާއިއރު ދުނިޔޭގައި ތިބޭނީ ކާފިރުން އެކަންޏެވެ.

އެރޭ ﷲ ތަޢާލާ ކީރިތި ޤުރްއާން އުފުއްލަވާނެތެވެ. މުޞްޙަފްތަކުން ދެލިފުހެވިގެންދާނެތެވެ. އަދި އެއިރު ދުނިޔޭގައި ތިބޭ މީހުންގެ ތެރޭގައި ކުރިން ޤުރްއާނުން ސޫރަތެއް، އާޔަތެއް ދަސްކޮށްގެން ހުރި މީހަކު ހުރިނަމަވެސް އެމީހެއްގެ ހިތުން އެ ފުހެވިގެންދާނެތެވެ.

މީސްތަކުންނޭވެ! މިހިރީ ޤިޔާމަތްވުން ކައިރިވުމުން ހިނގާނެ ކަންކަމެވެ. މިފަދަ ވާހަކަތައް ހަނދާންކުރަންޖެހޭ ސަބަބުތައް ވަރަށް ގިނައެވެ. އަހަރެމެން މިދައްކަނީ ދުނިޔެ ނިމި ޤިޔާމަތްވުން ގާތްވުމުން ދުނިޔޭގައި މުސްލިމުން ނުތިބޭނެ ވާހަކައެވެ. ތިބޭނީ ހުސް ކާފިރުންކަމުގެ ވާހަކައެވެ.

އަހުރެންގެ ސުވާލަކީ ތިމާގެ މައިންބަފައިންނަކީ މުސްލިމުން ކަމުގައި ވީތީ ނުވަތަ އެނޫންވެސް ސަބަބެއް އޮވެގެން ތިމާއަކީ މުސްލިމެއް ކަމަށް ބުނުމުން އެމީހަކީ މުސްލިމަކު ކަމުގައިވާނެ ހެއްޔެވެ؟ މުސްލިމަކު ކަމުގައިވުމަށް ކުރަންޖެހޭ ކަންކަން އެމީހަކު ނުކުރާނަމަ އެމީހަކީ މުސްލިމަކަށްވާނެ ހެއްޔެވެ؟

މުސްލިމަކު މުސްލިމެއްގެ ގޮތުގައި ދެމހުރިހުރުމަށް ޝަރުޠުތަކެއްވެއެވެ. އެ ޝަރުޠޫތައް އެމީހެއްގެ ކިބައިގައި ނުވާނަމަ އެމީހަކީ މުސްލިމަކަށްނުވާނެކަން ޢިލްމުވެރިން ގެންދަވަނީ ބަޔާންކުރައްވަމުންނެވެ.

--ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން