ފަތިސްނަމާދަށް ﷲ ހޭލެއްވެވީމާ ފަރުވާކުޑަކޮށްލައި ނިދަން ހެޔޮ ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ފަތިސްނަމާދަށް ﷲ ހޭލެއްވެވީމާ ފަރުވާކުޑަކޮށްލައި ނިދަން ހެޔޮ ނުވާނެ!: މުފްތީ މެންކް

އަހުރެމެންގެ ތެރެއިން ފަތިސްނަމާދަށް ހޭލަން ބޭނުންވާ ގިނަ ބައަކު ގަޑި ނުވަތަ ފޯނު ސޯނާކުރެއެވެ. އަދި ސޯނާކުރި ވަޤުތަށްވުރެ ކުޑައިރުކޮޅެއްކުރިން ހޭލެވެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟  

އެކަން އެވާގޮތަކީ އެނާގެ ނިޔަތުގެ އިޚްލާޞްތެރިކަން ބޮޑުވުމުން އެގޮތް ﷲ ތަޢާލާ މިންވަރުކުރައްވަވަނީއެވެ. އެކަމަކު ބައެއް މީހުންނަށް އެކަމަށް ސަމާލުކަމެއް ނުދެވެއެވެ. ތެދުވާނީ އަދި އިރުކޮޅަކު އަރާމުކޮށްލުމަށް ފަހުގައި ކަމަށް ބަލައި އޮށޯވެލައެވެ.  

ދެން ނިދައިލެވޭ ގޮތަށް އޮންނަނީ ހޭނުލެވިފައެވެ. ބައެއް މީހުންނަށް ހޭލެވެނީ ޖަމާޢަތް ނިމި އިރުއަރަން ގާތްވެފައިވަނިކޮށެވެ. އަނެއް ބައަކަށް ހޭލެވެނީ ހެނދުނުވާފަހުންނެވެ.  

މިކަން މިގޮތަށް ވިއަނުދޭށެވެ. މިކަން މިގޮތަށް މެދުވެރިވަނީ ޝައިޠޯނާގެ ސަބަބުންނެވެ. ހޭލެވޭ ވަޤުތު ޝައިޠޯނާދޭ ވަސްވާސްތަކަށް ހެއްލެވޭތީއެވެ. އެއިރުން އަމިއްލައަށް ދޫކޮށް އެލެވެނީ ﷲ ތަޢާލާ ތިމާއަށް ދެއްވަވާ ކޮންފަދަ ބޮޑު ނިޢުމަތެއްކަމާއިމެދު ވިސްނައިލާށެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފަތިހު ހޭލައި ޖަމާއަތުގައި ފަތިސްނަމާދުކުރުމަކީ އަހުރެމެންގެ މައްޗަށް އޮތް އެންމެ ބޮޑު އެއް ވާޖިބެވެ. އެވާޖިބު އަދާކުރަން މަސައްކަތްކުރާށެވެ. އަހުރެމެންގެ މުޅި ދުވަސް ކާމިޔާބުވުމާއި ނުވުން ގުޅިފައިވަނީ ފަތިސްނަމާދާއިއެވެ. ޚާއްޞަކޮށް ރިޒުޤުގެ އިތުރުން ﷲ ތަޢާލާގެ ރައްކައުތެރިކަން އެމީހަކަށް ލިބޭނެ މަގު ޔަޤީންކުރެވެން އޮއްވައި ފަރުވާކުޑަކޮށްލަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން