ދުޢާ ޢިޖާބަ ކުރެއްވެވުމާއި ޛިކުރުކުރުމާބެހޭގޮތުން އެނގެންޖެހޭ މުހިންމު ބައެއް ކަންކަން- : ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ދުޢާ ޢިޖާބަ ކުރެއްވެވުމާއި ޛިކުރުކުރުމާބެހޭގޮތުން އެނގެންޖެހޭ މުހިންމު ބައެއް ކަންކަން- : ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދް

ދުޢާކޮށް އަދި ޛިކުރުކުރާއިރު އެ ޢަމަލު ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވުން އެދޭ މީހާ ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

1 ތުންފަތް ތަޅުވަންޖެހޭކަން

2 ކުރާ ޢަމަލު /ކިޔާއެއްޗެތި ހިތަށް އަރުވަންޖެހޭކަން

3 ދުޢާކުރާއިއރު ޢިޖާބަކުރައްވަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކު ދުޢާކުރުން

މީސްތަކުންނޭވެ! ޛިކުރުކުރުމަކީ ވަގުތަކު ކުރާ ކަމަކަށް ނުހަދާށެވެ! ހުސްވަގުތެއް ލިބިއްޖެނަމަ ޛިކުރުކުރާށެވެ! އެހެނީ ޛިކުރުކުރުންމަތީގައި ދެމިހުރުމަކީ މީހަކަސް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިންވާ ޢަމަލެކެވެ.

ޛިކުރުކުރުމުގެ އެންމެ ބޮޑުފައިދާއަކީ އެމީހާ ﷲ ތަޢާލާގެމަތިން ހަނދުމަކުރުމުން ﷲ ތަޢާލާ އެމީހެއްގެމަތިން ހަނދުމަފުޅުކުރައްވަވާ ކަމެވެ. އެމީހާ ﷲ ތަޢާލާ އަށް ދެންނެވުމުން ﷲ ތަޢާލާ ހަމައެފަދައިން އެމީހަކަށް ﷲ ތަޢާލާ ޢިޖާބަ ދެއްވަވާ ކަމެވެ. ވީމާ ކުރަން މިއަށްވުރެ ފައިދާހުރި ކަމަކީ ކޮބައިހެއްޔެވެ؟ އެމީހެއްގެ މަތިން ﷲ ތަޢަލާ ހަނދުމަފުޅު ކުރައްވަވައި އެމީހާގެ ނަމުން ﷲ ތަޢާލާ ވަޙީކުރެއްވެވުމަށްވުރެ މަތިވެރިކަން ބޮޑުވެގެންވަނީ ކޮންކަމެއް ހެއްޔެވެ؟

ޛިކުރުކުރުމުގެ އެންމެ މަތިވެރި މިންވަރަކީ އެކަނި އިނދެ ﷲ ތަޢާލާގެމަތިން ހަނދުމަކޮށް ލޮލުން އެންމެ ކަރުނަތިއްކެއް ނަމަވެސް ވައްޓައިލެވުމެވެ. ޢަރުޝީގެ ހިޔާވަހިކަން ނޫން އެއްވެސް ހިޔާވަހިކަމެއް ލިބުން ނެތް ޤިޔާމަތް ދުވަހު އެމީހާ ވާހުށީ ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ މީހުންގެ ތެރެއިންނެވެ.

--ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން

މިއަދު އޮންލައިން