އެންމެހާ ތަކްލީފްތަކުން ސަލާމަތްކުރެއްވެވުން އެދި ކުރަންވީ ދުޢާތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އެންމެހާ ތަކްލީފްތަކުން ސަލާމަތްކުރެއްވެވުން އެދި ކުރަންވީ ދުޢާތައް!

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ.

" ﷲ، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކްލީފެއް ނުޖައްސަވައެވެ. އެ ނަފްސެއް ހޯދި ހެޔޮކަމެއް (ގެ ޘަވާބު) އެ ނަފްސަކަށް ވެއެވެ. އަދި، އެ ނަފްސެއް ހޯދި ނުބައިކަމެއް (ގެ عقاب) އެ ނަފްސެއްގެ މައްޗަށްވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، ޤަޞްދެއް އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް عفو ކުރައްވާނދޭވެ! އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި، އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، ކާފިރު ވެގެންވާ ޤައުމު ގެ މައްޗަށް އަޅަމެންނަށް ނަޞްރުދެއްވަވާނދޭވެ!"

އާޔަތް ފަށްޓަވާފައި އެވަނީ އަހަރެމެން ހިތްވަރު ލިބިގަންނަވީ ބައިންނެވެ. " ﷲ، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކްލީފެއް ނުޖައްސަވައެވެ. އެ ނަފްސެއް ހޯދި ހެޔޮކަމެއް (ގެ ޘަވާބު) އެ ނަފްސަކަށް ވެއެވެ. އަދި، އެ ނަފްސެއް ހޯދި ނުބައިކަމެއް (ގެ عقاب) އެ ނަފްސެއްގެ މައްޗަށްވެއެވެ." އެއަށްފަހު ބަޔާން ކުރައްވަވާފައި އެވަނީ ތަކްލީފްތަކުން ސަލާމަތްކުރެއްވެވުން އެދި ކުރަންވީ ދުޢާތަކުންނެވެ.

މިއީ ނިދުމުގެ ކުރިން ކޮންމެ ރެއަކުވެސް ކިޔަވަން އޮތް އާޔަތެކެވެ. މިއާޔަތުގެ މާނަ ހިތަށް ގެނެސް ކިޔެވުމުން އަބަދުވެސް ދާނީ ދުޢާކުރެވެމުންނެވެ. މިފަދައިން ދުޢާކުރާ މީހަކަށް ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން