ފާފަކުރެވޭތީ ސުވަރުގެ ނުވައްދަވާނެކަމަށް ބުނެ ދައްކާ ވާހަކަ ޤަބޫލުނުކުރާށެވެ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ފާފަކުރެވޭތީ ސުވަރުގެ ނުވައްދަވާނެކަމަށް ބުނެ ދައްކާ ވާހަކަ ޤަބޫލުނުކުރާށެވެ!: ބިލާލް އައްސަދު

ކޮންމެ މީހަކަށްވެސް ނުބައި ޢަމަލުތައް ކުރެވޭނެ ކަމަށާއި މިޒަމާނުގައި ނުބައި ޢަމަލުތައް ކުރެވޭ މިންވަރު ގިނަވާނެ ކަމަށާއި ނުބައި ޢަމަލުތައް ކުރެވުނީމާ ސުވަރުގެ ނުވައްދަވާނެކަމަށް ބުނެ ދައްކާ ވާހަކަތަކުގެ އަޑު ނުއަހާށެވެ! 

ﷲ ތަޢާލާއީ އެންމެހައި ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. މީސްތަކުންގެ މައްޗަށް ދީލަތިވަންތަ ރަޙޫމްކުރައްވަވާ ރަސްކަލާނގެއެވެ. އެހެންވީމާ ﷲ ތަޢާލާ ވަނީ އަހުރެމެންނަށް ކުރެވޭ ފާފަތައް ފުއްސަވައިދެއްވަވާނެ މަގު ވަރަށް ފުޅައުކޮށް ތަނަވަސްކޮށްދެއްވަވައިފައެވެ. 

ނުބައި ޢަމަލެއް ކުރެވުމުން އޮތީ ވިއްދައިގެން ހެޔޮ ޢަމަލެއް ކުރުމެވެ. އެއިރުން ލިޔުއްވަވާނީ 1 ނުބައި ޢަމަލުކުރިމަކަށެވެ. އަދި ކުރި ހެޔޮ ޢަމަލުގެ ދަރުމަ މަދުވެގެން 10 ގުނައަށް އިތުރުކުރައްވަވައި ދެއްވަވާނެތެވެ. 

ހަމައެއާއިއެކު ހެޔޮ ޢަމަލުތައް ކަމުގައި ލިޔުއްވަވަނީ ހަމައެކަނި ބޮޑެތި ޢަމަލުތަކެއްވެސް ނޫނެވެ. لاَ إِلَهَ إِلاَّ اللَّهُ ކިޔުމަކީ އެންމެ މަތިވެރި އަޅުކަމެވެ. (އެންމެ މަތިވެރި ޛިކުރެވެ.)  سُبْحَانَ اللَّهِ ،الْحَمْدُ لِلَّهِ ، اللَّهُ أَكْبَرُ ކިޔުމަކީވެސް އަޅުކަމެވެ. މީހަކަށް ހިނިތުންވެލުމަކީވެސް އަޅުކަމެވެ. ކިތަންމެ ކުޑަކުޑަ މިންވަރަކުންނަވެސް ޞަދަޤާތެއް ދިނުމަކީވެސް އަޅުކަމެކެވެ. 

ވީމާ ތިމާއަށް ފާފަކުރެވޭތީ ކަންބޮޑުނުވާށެވެ. މީގެމާނައަކީ ފާފަކުރާށޭ ބުނުމެއް ނޫނެވެ. ފާފަކުރުމާއި ފާފަކުރެވުމަކީ ތަފާތު ދެކަމެކެވެ.

އެމީހެއްގެ ކިބައިގައި އިޚްލާޞްތެރިކަން ހުރިނަމަ ، ފާފައެއް ކުރެވުމުން ވިއްދައިގެން ހެޔޮ ކަމެއް ކުރާނަމަ ސުވަރުގެ ވައްދަވާނެތެވެ. ވީމާ މީހުން ދައްކާ އެފަދަ ވާހަކަތަކަށް ސަމާލުކަން ނުދޭށެވެ. އިޚްލާޞްތެރިކަމާއިއެކު ސުވަރުގެ ވަންނަން މަސައްކަތްކުރާށެވެ. މާޔޫސްވުމެއް ނެތެވެ. އިން ޝާ ﷲ

- ބިލާލް އައްސަދުގެ ދަރުސަކުން

 

މިއަދު އޮންލައިން