ޙިޖާބަ ނަގާމަތިން ބައްޕަ ދޭންބުނި ކާރު ނުހޯދި އަންހެނަކަށް އެންމެ އަގުބޮޑު 4 ކާރު އެއްފަހަރާ ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޙިޖާބަ ނަގާމަތިން ބައްޕަ ދޭންބުނި ކާރު ނުހޯދި އަންހެނަކަށް އެންމެ އަގުބޮޑު 4 ކާރު އެއްފަހަރާ ލިބުނު ގޮތުގެ ވާހަކަ-

އަހުރެންގެ ބައްޕައަކީ މުސްލިމެއް ނޫނެވެ. މުސްލިމެއް ނޫން ނަމަވެސް އިސްލާމް ދީނަށް އުޅުމަށް އެއްވެސް ހުރަހެއް ނުއަޅައެވެ.  

އެކަމަކު އަހުރެންގެ ދަރިންގެ ބައްޕަގެ ގާތުން ވަރިވީމާ ވަރަށް ބޮޑު އިމްތިޙާނެއް ކުރިމަތިކުރުވިއެވެ. އެވަޤުތު އަހުރެންހުރީ ވަރަށް އަތްމަތި ދަތިކޮށެވެ. ދުއްވާނެ ކާރެއްވެސް ނެތެވެ. ދަރިން ސްކޫލަށް ގެންދަންވެސް ދަތިތަކެއް ހުއްޓެވެ.  

އެވަޤުތު އަހުރެން ބޭނުންވާ ކޮންމެ ކާރެއްވެސް ގަނެދޭން ބައްޕަ ހުށަހެޅިއެވެ. ނަމަވެސް ޝަރުޠަކީ އަހުރެންގެ ޙިޖާބް ނެގުމެވެ.  

އަހުރެން ވިސްނީމެވެ. މިއީ ކުރިމަތިވި ވަރަށް ބޮޑު އިމްތިޙާނެކެވެ. އެއްކޮޅުގައި ދީނެވެ. އަނެއްކޮޅުގައި ކާރެވެ. އަހުރެން ކާރުދޫކޮށްލީއެވެ. ދީނުގައި ޘާބިތުވެ ހުންނަން ނިންމީއެވެ.  

6 މަސްދުވަފަހެވެ. ދެވަނަ ފިރިއަކު ވަނީ ލިބިފައެވެ. ގޭގައި އެންމެ އަގުބޮޑު 4 ކާރު އެބައޮތެވެ. ބޭނުންކާރަކަށް އަރައިގެން ދުއްވަންވީއެވެ. ޑްރައިވަރުންވެސް ތިބެއެވެ.  

އަހުރެން ދުނިޔޭގެ ހުރިހާ މުސްލިމުންނަށްވެސް ބުނެލަން ބޭނުންވަނީ ކިތަންމެ ބޭނުން އެއްޗެއް ހޯދަންވެސް، އަދި ކިތަންމެ ބޭނުންކަމެއް ޙާޞިލްކުރަން ނަމަވެސް ދީނާއި ދުރުނުވާށެވެ! އެއިރުން ﷲ ތަޢާލާ ދެއްވަވާނެ ނިޢުމަތްތައް މާފުރިހަމަވާނެއެވެ! އިން ޝާ ﷲ  

މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާ މިކުރީ ކިޔުންތެރިންނަށް ރަނގަޅު ޢިބްރަތަކަށްވާނެ ކަމުގެ އުންމީދުގައެވެ.

- މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން