ޙައިޟްގެ މުއްދަތުގައި ޤުރްއާން ފިލާވަޅު ގެއްލޭނަމަ ޢަމަލުކުރާނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޙައިޟްގެ މުއްދަތުގައި ޤުރްއާން ފިލާވަޅު ގެއްލޭނަމަ ޢަމަލުކުރާނީ ކިހިނެއް؟

ޙައިޟްގެ މުއްދަތުގައި ޤުރްއާން ފިލާވަޅު ގެއްލޭނަމަ ޢަމަލުކުރާނީ ކިހިނެއް؟ 

ޖުނުބުވެރިކަމުގެ ޙާލަތުގައާއި ހައިޟް ނިފާސް ކަމުގެ ޙާލަތުގައި ވުޟޫއެއް ނުކުރެވޭނެއެވެ. ވުޟޫޢުކުރުމާއި ނުލައި މުޞްޙަފްގައި އަންހެނަކަށްވެސް އަދި ފިރިހެނަކަށް ވެސް ނުބީހެވޭނެއެވެ. އެކަން ހުއްދައެއް ނޫނެވެ. 

އެހެންކަމުން ޤުރްއާން އުނގެނެމުންދާ އަންހެނުން ހައިޟުވުމުން ގިނަ ދުވަސްތަކެއްވަންދެން މުޞްޙަފްގައި ނުބީހެވި ހުންނަން ޖެހުމުން މައްސަލައަކަށްވެއެވެ. ކިޔަވާ ފިލާވަޅުތައް ހަނދާން ނެތުމެވެ. ދަސްކުރަންޖެހޭ ފިލާވަޅުތައް ދަސްނުކުރެވުމެވެ. އެހެންކަމުން މިޙާލަތުގައި ޢަމަލުކުރާނެ ގޮތަކާއިބެހޭ ގޮތުން ވަރަށް ގިނައިން ސުވާލުކުރެއެވެ. 

ޖަވާބަކީ މުޞްޙަފްގައި ނުބީހި އުނގެނޭށެވެ. މިހާރު އެކަން ކުރެވޭނެ މަގުތައް ފެންނަން އެބައޮތެވެ. ފޯނުން ނުވަތަ ޓެބްލެޓް ނުވަތަ ކޮމްޕިޔުޓަރުން ބަލައިގެން ކިޔަވައި އުނގެނޭށެވެ. އެކަން ޙައިޟުވެރިޔާއަށް އަދި ނިފާސްވެރިޔާއަށް ހުއްދައެވެ. 

- ޝައިޚް އަބޫބަކުރު ޒައުދު 

ޙައިޟުވެރިޔާ ފޯނުން ޤުރްއާން ކިޔެވި ނަމަވެސް ގަނޑު އުކުން ފަދަ ކަންކަން ކުރުން ރަނގަޅީ އެހެން މީހަކު ލައްވައެވެ. އެކަމުގެ ދަލީލަކީ ފޯނުން ޤުރްއާން ހުޅުވައިގެން ހުރެ ފޯނު ހިފައިގެން ފާޚާނާއަށް ނުވަދެވޭ ކަމާއި ވަންނަނަމަ އެޕްލިކޭޝަން ކްލޯޒްކުރަންޖެހޭ ކަމެވެ. 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

މިއަދު އޮންލައިން