ތިމާ ގަދަވެސަލާމަތުން ހުރިއިރު ކުރަމުން އައި އަޅުކަން، ބަލިވުމަށްފަހު ގަދަވެހުރިއިރު ކުރި ވަރަށް ނުކުރެވުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ނޫން!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތިމާ ގަދަވެސަލާމަތުން ހުރިއިރު ކުރަމުން އައި އަޅުކަން، ބަލިވުމަށްފަހު ގަދަވެހުރިއިރު ކުރި ވަރަށް ނުކުރެވުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ނޫން!: ޢުމަރު ސުލައިމާން

ތިމާ ގަދަވެސަލާމަތުން ހުރިއިރު ކުރަމުން އައި އަޅުކަން، ބަލިވުމަށްފަހު ގަދަވެހުރިއިރު ކުރި މިންވަރަށް ނުކުރެވުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ނޫނެވެ. ބަލިވެ އަޅުކަން ނުކުރެވޭވަރުވުމަށްފަހު ﷲ ތައާލާ އެމީހެއްގެ ޙާލަތު ބައްލަވައިވޮޑިގަންނަވާނީ އެ ޙާލަތަށް އެމީހަކު ދިއުމުގެ ކުރިން އަމަލުކުރަމުން އައި ގޮތުގެ މައްޗަށެވެ. ގަދަވެ ސަލާމަތުން ހުންނައިރު ވީހައި ގިނަ ހެޔޮ އަމަލުތައް ކުރަންވީ އެ ސަބަބަށްޓަކައެވެ. 

ޝިފާ ނުލިބިގެން ލަސްވެ ޝަކުވާ ނުކުރާށެވެ! މިގޮތަށްވެސް ވިސްނައިލާށެވެ! ތިބާ އޮތީ ބަލިވެ ހޮސްޕިޓަލުގައެވެ. އިންތިހާއަށް ކަރު ހިއްކައިފައެވެ. ބޭނުންވަނީ އައިސް ފެންފޮދެކެވެ. ނަމަވެސް ވަރަށް ގިނަ ފަހަރު އައިސް ފެން ޑޮކްޓަރު ހުއްދަނުކޮށްފާނެއެވެ. އަދި ބައެއް ޙާލަތްތަކުގައި އެންމެ ފެން ފޮދެއްވެސް ނުދީވެސް ބާއްވައިފާނެއެވެ. ތިބާ އިންތިހާއަށް އެކަމަށް އެދޭއިރުގައިވެސްމެއެވެ. އެއީ އައިސްފެން ދިނުމަށްވުރެ ނުދިނުމުން ތިބާއަށް ފައިދާކުރާނެތީއެވެ.  

ޝިފާ ދެއްވެވުމުގައިވެސް މިމޭރުމުން ވިސްނާށެވެ! އަހަރެމެންނަށް އެންމެ ފައިދާހުރިގޮތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެކަލާނގެ ރުހިވޮޑިގަންނަވާ ވަގުތަކު ޝިފާ ދެއްވަވާނެތެވެ. ހަމަ އެއާއިއެކު ގަދަ ވޭނެއްގައި އުޅެން ޖެހުމަކީ ފާފަތައް ފުއްސަވައި ދެއްވަވާ ކަމެކެވެ. ވީމާ ވޭން އެޅުމަކީ ޝަކުވާކުރަންވީ ކަމެއް ނޫނެވެ. ކެތްތެރިވެ ދުޢާކުރުން އިތުރުކުރަން ޖެހޭ ކަމެކެވެ.  

ބަލިވުމުން ޝިފާ ހޯދަން ސަބަބުތަކުގައި ހިފައިގެން މަސައްކަތްކުރަން ޖެހޭނެއެވެ. ހަމަ އެއާއެކު ދުޢާކުރުން ގިނަކުރަންވެސް ޖެހޭނެއެވެ. އަދި ޞަދަޤާތް ދެވެން ހުރިނަމަ ޞަދަޤާތް ދިނުންވެސް އިތުރުކުރާށެވެ! ޖުމުލަ ގޮތެއްގައި ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ހުރިހާ އަމަލުތަކެއްވެސް ކުރާށެވެ. 

- ޢުމަރު ސުލައިމާންގެ ދަރުސަކުން

 

މިއަދު އޮންލައިން