ބައިވެރިޔާ ގާތުގައި އޮވެގެންނާ އޮތްކަން އެނގިހުރެ މެސެޖްކުރާނީ އަޞްލު ހިތެއްވެސް، ގޮތެއްފޮތެއް ނެތް މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ބައިވެރިޔާ ގާތުގައި އޮވެގެންނާ އޮތްކަން އެނގިހުރެ މެސެޖްކުރާނީ އަޞްލު ހިތެއްވެސް، ގޮތެއްފޮތެއް ނެތް މީހުން!

މަކަރުހެދުން ކުރިއަރައިގޮސް މަކަރުހެދުމަކީ އެއްވެސް މައްސަލައަކަށްނުވާ ޙާލަތަށް މިވަނީ ކަންކަން ގޮސްފައެވެ. އަނބިމީހާ ފިރިމީހާއާއި އެއް އެނދުގައި އޮވެގެން، ފިރިމީހާ އަނބިމީހާ އާއި އެއް އެނދުނގައި އޮވެގެން ހިލޭ މީހުންނަށް އެބަ މެސެޖުތައް ކުރެއެވެ. ފޮޓޯ ފޮނުވައެވެ.  

އެކަންކަން ކުރަމުން ޤަބޫލުކުރެވެނީ މިވާހަކަ ދެއްކެނީ ތިމާގެ ބައިވެރިޔާއަށްވުރެ މާރަނގަޅު މީހަކާއި ކަމަށެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އެފަދަ ޙާލަތުގައި ތިބާއާއި ވާހަކަދައްކާނީ އެއްވެސް ގޮތެއް ނެތް މީހެކެވެ. ތިބާފަދަ ގޮތެއް ނެތް މީހެކެވެ. އެއްވެސް ހަމައެއް އިންޞާފެއް ނެތްތަކުގައި އެހެން މީހަކަށް ރަޙުމެއް ހުރި މީހަކުވެސް އެފަދަ ކަމެއް ނުކުރާނެއެވެ. 

އެމީހާގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ހުރިނަމަ ވިސްނައިލާނެއެވެ. މިކުރާ ކަންކަން އޭނާގެ ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް އެނގިއްޖެނަމަ ކުރާނެ އަސަރާއިމެދުގައެވެ. އަދި ތިމާއަށް މިކުރެވެނީ ކިހައި ބޮޑު ނުބައިކަމެއް ކަމާއިމެދުގައެވެ. 

އެވަރު ވިސްނައިނުލެވޭނަމަ އެމީހަކު ވާނީ އޭނާގެ ހަށިގަނޑުގައި އަޞްލު ހިތެއްވެސް ނެތް މީހަކަށް ނޫންހެއްޔެވެ؟

ބައިވެރިޔާ ދޫކޮށްލާފައި އެފަދަ މީހުންނާ ގުޅުމުން ހިތި ތަޖުރިބާތައް ކުރަންޖެހެނީ މިބުނި ފަދަ ސަބަބުތައް ހުންނާތީއެވެ. އެދުވަހު އޭނާގެ ހިތުގައި ރަޙުމެއް ނެތިފައި ކައިވެނިކުރީމާ ބައިވެރިޔާގެ މައްޗަށް ރަޙުމް އުފެދޭނީ ކިހިނަކުންހެއްޔެވެ؟ ބުއްދީގެ ހަމަތަކުން ބެލިނަމަވެސް މިހުންނަނީ ނުވާނެ ކަންކަމެވެ. 

އަހުރެން މިވާހަކަ މިދައްކަނީ ދީނާއި ގުޅުވައިގެނެއް ނޫނެވެ. ދުނިޔޭގެ އެންމެންނަށް ނަބޭޙަތެއްގެ ގޮތުންނެވެ. ކޮންމެ ދީނެއްގެ މީހަކު ނަމަވެސް ކައިވެނިކުރުމަށްފަހު އެންމެ މުހިންމު ކަމަކަށް ހަދަންޖެހޭނީ ރަނގަޅު ގޮތުގައި ދެމެހެއްޓުމެވެ. އެކަން ނުކުރެވިއްޖެނަމަ ދުބނިޔޭގައިވެސް ހިތާމަކުރަން ނުޖެހޭނެ މީހަކު ނުހުންނާނެއެވެ! މައްސަލަތައް ޙައްލުކުރެވޭނީ އެކަންކަމަށް ވިސްނި ވަރަކުންނެވެ.

 

--އަލަފް

މިއަދު އޮންލައިން