ސަޖިދައިގަ އޮއްވާ މަރުވި ޒުވާނާގެ މައްޗަށް ރަށުގެ އެންމެން ކަށުނަމާދުކުރި-!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ސަޖިދައިގަ އޮއްވާ މަރުވި ޒުވާނާގެ މައްޗަށް ރަށުގެ އެންމެން ކަށުނަމާދުކުރި-!: މުފްތީ މެންކް

އަހުރެމެންގެ ތެރެއިން ގިނަ ބައަކު މިއަދު ދިރިއުޅެމުން އަންނަނީ މުޖުތަމަޢުއަށް ސަމާލުކަން ދީގެނެއް ނޫނެވެ. މީހަކާއި ބައްދަލުވިނަމަވެސް ހިނިތުންވެލައި ހިތްހެޔޮކަމާއިއެކު ވާހަކަދައްކައިލަން ބޭނުންވެސް އަންނަނީ މަދުވަމުންނެވެ. 

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އަހުރެމެން ކޮންމެ މީހަކީވެސް މަރުވާނެ މީހެކެވެ. އެމީހާގެ މައްޗަށް ކަށުނަމާދުކުރެވޭނެ މީހެކެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ކަށުނަމާދުގައި ވީހާގިނަ ބައަކު ބައިވެރިވުމަށް އެދޭނެއެވެ. އެހެންކަމަށްވާއިރު އެކަހެރިވެގެން ދުނިޔޭގައި އުޅެގެން އެކަން ޙާޞިލްކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ދެން އޮތީ އެމީހެއްގެ ތަޤްވާވެރިކަން އިތުރުކުރުމެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާ މީހުންނަށް ހުރިހާ ކަމެއްވެސް ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

ރަށެއްގައި އުޅުނު ވަރަށް ނިކަމެތި މީހެކެވެ. އެހެނަސް ވަރަށް ބޮޑު ތަޤްވާވެރިއެކެވެ. ﷲ ތަޢާލާ އޭނާގެ ފުރާނަ ހިއްޕެވީ ސަޖިދައިގައި އޮއްވައެވެ. އެހެންވެ އެރަށުގެ އެންމެން އޭނާގެ ޖަނާޒާގައި ބައިވެރިވިއެވެ. އެއީ ސަޖިދައިގައި އޮއްވައި ފުރާނަ ހިއްޕެވީތީއެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދޭމީހާ ތަޤްވާވެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. އަދި އެންމެހައި މީސްތަކުންނަށް ހިތްހެޔޮކޮށް ގުޅުން ބަދަހިކުރަން މަސައްކަތްކުރާށެވެ. ކޮންމެ ވަޤުތަކުވެސް ތިމާ މަރުވެ ތިމާގެ މައްޗަށް ކަށުނަމާދުކުރަން ޖެހިދާނެކަމަށް ވިސްނައިގެން ދިރިއުޅެމުން ގެންދާށެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން