އެއްވެސް މީހަކަށް ހެޔޮކޮށް ނުހިތައި ދޫކޮށްލައިގެން ނުވާނެ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އެއްވެސް މީހަކަށް ހެޔޮކޮށް ނުހިތައި ދޫކޮށްލައިގެން ނުވާނެ ސަބަބު-

އަހުރެންނަށް އެނގިފައިވާ މިންވަރަށް ބަލައި ބުނަމެވެ. އެއްވެސް މީހަކަށް ރަނގަޅަށް ކަންކަން ކުރަންވާނީ އެމީހަކާއިމެދު ކަންތައް ކުރަންޖެހޭނީ ރަނގަޅަށް ކަމަށް ތިމާއަށް ވިސްނޭތީ ނަމަ ކަމަށް ﷲ ތަޢާލާ އެންމެ ފަހަރަކުވެސް ވަޙީކުރައްވަވާފައެއް ނުވެއެވެ. 

ކޮންމެ އަމުރުފުޅެއްގައިވެސް އޮތީ އެހެން މީހުންނަށް ހެޔޮކޮށް ހިތުމަށެވެ. އެހެންމީހުންނާއިމެދު ރަނގަޅަށް ކަންކަން ކުރުމަށެވެ. ވީމާ އަހުރެމެންނަށް އޮތީ ކޮންމެ މީހަކަށްވެސް ހެޔޮކޮށް ހިތުމެވެ. އެމީހަކާއިމެދު ރަނގަޅަށް ކަންކަން ކުރުމެވެ. 

ލޮބުވެތި އެކުވެރިންނޭވެ! އެހެންމީހުންނަށް ހެޔޮކޮށް ހިތަންވީ އޭނާއަށް އެކަން ޙައްޤުވާކަން ބަލައިގެނެއް ނޫނެވެ. ﷲ ތަޢާލާ އެކަން ކުރަން ތިމާއަށް އަންގަވާފައި އޮތުމުންނެވެ. ވީމާ ތިމާއާއިމެދު ނުބައިކޮށް ކަމެއްކޮށްފައި އޮތުމަކީ އެމީހަކަށް ހެޔޮކޮށް ނުހިތަން އޮތް ސަބަކަށް ނުހަދާށެވެ. 

ތިމާއަށް ނުބައިކޮށް ކަންކަން ކުރި މީހާއަށްވެސް ހެޔޮކޮށް ހިތާށެވެ! އެއިރުން ﷲ ތަޢާލާ ތިބާއަށް ހެޔޮ ގޮތްތައް މެދުވެރިކުރައްވަވާނެތެވެ. އަހުރެމެން ބަލަންވީ މީހަކު ކަންކަންކޮށްފައި އޮތް ގޮތަކަށް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިމާއަށް ލިބޭނެ ގޮތަށެވެ. 

މީހަކު ތިބާއާއިމެދު ނުބައިކޮށް ކަންކަން ކުރީ ތިބާ އިމްތިޙާނު ކުރެއްވެވުމަށް ކަމަށް ޤަބޫލުކުރާށެވެ. އެއިރުން އެމީހަކާއިމެދު ވިސްނައި ކަންބޮޑުވެގެން އުޅޭކަށްވެސް ނުޖެހޭނެއެވެ. ﷲ ތަޢާލާގެ އަމުރުފުޅަތަކަށް ފުރިހަަމ ގޮތުގައި ކިޔަމަންތެރިވުމަކީ އީމާންކަމުގެ އެންމެ މަތީ ދަރަޖައިގެތެރެއިން ހިމެނޭ ކަމެކެވެ. ބަލަންވީ އެފަދަ މީހަކަށްވެވޭތޯއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން