ދިރިއުޅުން އުފާވެރިކުރަން ބޭނުންނަމަ އަނބިންނަށް ކުރެވޭ ކުށްތަކާމެދު ޢަމަލުކުރަން އެންމެ ކާމިޔާބު މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ދިރިއުޅުން އުފާވެރިކުރަން ބޭނުންނަމަ އަނބިންނަށް ކުރެވޭ ކުށްތަކާމެދު ޢަމަލުކުރަން އެންމެ ކާމިޔާބު މަގު-

އަނބިމީހާއަށް ކުރެވުނު ކަމަކާއި ގުޅިގެން އޭނާއަށް ދެރަގޮތެއް މެދުވެރިވުމުން އެއީ ތިބާ އަމިއްލައަށް ލިބިގަތް ދެރައެއް ކަމަށާއި މައްސަލަ އަމިއްލައަށް ޙައްލުކުރަން ބުނެފައި ދޫކޮށްނުލާށެވެ. ޒިންމާދާރު ފިރިންގެ ގޮތަކީ އެއީއެއް ނޫނެވެ. 

ބައެއް ފަހަރު އަނބިންނަށް ކުރެވޭ ކަމަކުން ފިރިމީހާއަށް ކޮންމެވެސް ވަރެއްގެ ދެރައެއް، އަދި މާލީ ގެއްލުމެއްވެސް ލިބިދާނެއެވެ. އެޙާލަތުގައިވެސް އަނބިމީހާ ދެކެ ރުޅި އައިސް ބާކީކޮށްނުލާށެވެ! އެއްޗެތި ނުގޮވާށެވެ. އެއީ ބޮޑު މައްސަލައަކަށް ނުހަދާށެވެ! އިޞްލާޙްކުރަންޖެހޭ ކަމެއް ނަމަ ނަޞޭޙަތްތެރިވާށެވެ. 

ހެޔޮލަފާ އަނބިންނާއިމެދު މިބުނި މަގުން ކަންކަން ކޮށްފިނަމަ އޭނާގެ ކުރިމަތީގައި ފިރިމީހާގތެ ދަރަޖަ އެތައް ގުނައަކަށް އުފުލޮިގެންދާނެއެވެ. އެކަމުގެ ސަބަބުން ލޯބިވެސް އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ. އަދި މާލީ ގޮތުން މާފައިދާހުރި ކަންކަން ކުރާތަންވެސް ފެނިގެންދާނެއެވެ. 

ކިތަންމެ ރަނގަޅު އަންތބެއްގެ ކިބައިން ނަމަވެސް މިބުނި ފަދަ ކަމެއް ކުރިމަތިވެދާނެއެވެ. އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ އެއީ އިތުރަށް އެކުގައި ނުއުޅެވޭނެ ސަބަބެއްކަމަށް ހަދައި ޒުވާބުނުކުރާށެވެ. ނަމަނަމަ ދެމީހުން ވަކިނުވާށެވެ! 

ބުނަންހެއްޔެވެ؟ ދިރިއުޅުމުގައި ކުރިމަތިވާ މައްސަލަތަކުގައި އެކަކު އަނެކަކަށް ދޫދިނުމަށްވުރެ ފައިދާހުރި އެއްވެސް ގޮތެއް ނުއޮންނާނެއެވެ. ދޫދީ މާފުކުރަން ފަސްޖެހޭނަމަ އަބަދުވެސް އުޅެންޖެހޭނީ މައްސަލަތަކުގައެވެ. ކައިވެނި ރޫޅާލައި އިތުރު ކައިވެންޏެއް ކުރިނަމަވެސް އެއްވެސް މައްސަލައެއް ނުޖެހި ދުނިޔޭގައި އުޅެވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

 

- އަލަފް

 

މިއަދު އޮންލައިން