އުންމަތުގެ އެންމެ ރަނގަޅު މީހަކު ކަމުގަ ވުމަކީ ވަރަށް ފަސޭހައިން ލިބެން އޮތް، އަދި އެންމެ ބޮޑުފައިދާއެއް ދުނިޔޭގަވެސް ކުރާނެ ފުރުޞަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 11ސ
އުންމަތުގެ އެންމެ ރަނގަޅު މީހަކު ކަމުގަ ވުމަކީ ވަރަށް ފަސޭހައިން ލިބެން އޮތް، އަދި އެންމެ ބޮޑުފައިދާއެއް ދުނިޔޭގަވެސް ކުރާނެ ފުރުޞަތެއް!

މިއަދުގެ ޙާލަތަށް ބަލާއިރު އެމީހާއަކީ އެންމެ ރަނގަޅު މީހާ ކަމަށްވުމަށްޓަކައި ކޮންމެ މީހަކަށް އެމީހަކީ ކީރިތި ޤްރުއާން އުނގެނި އަދި އުނގަންނައިދޭ މީހަކަށް ނުވެވިދާނެއެވެ؟ ނަމަވެސް އެއްވެސް މީހަކަށް އެމީހާއަކީ އަނބިމީހާއަށް، ޢާއިލާއަށް އެންމެ ރަނގަޅު މީހާ ކަމަށް ނުވެވެންވީ ކީއްވެގެން ހެއްޔެވެ؟ 

އެންމެ ރަނގަޅު މީހާކަމަށް ވުމަށް އެމީހެއްގެ ގައިގައި ނެތް ފެންވަރުން ކަންކަން ފުރިހަމަކޮށްދޭކަށް ނުޖެހެއެވެ. ބޭނުންވަނީ ކޮށްދެވެން ހުރި ވަރަކުން ކަންކަން ކޮށްދިނުމާއި ލޯތްބާއި އޯގާތެރިކަން ދިނުމެވެ. އިޚްލާޞްތެރި ވަފާތެރި އަދި ތެދުވެރި ދިރިއުޅުމެވެ. ބަލިވުމުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިކަންކަމަކީ ކޮންމެ ފިރިއަކަށްވެސް އޭނާގެ އަނބިމީހާއަށް ނުހަނު ފަސޭހައިން ކޮށްދެވިދާނެ ކަންކަމެވެ. 

ކޮންމެ މީހަކުވެސް ބޭނުންވާނެ އެއް ކަމަކީ ތިމާއަކީ އުންމަތުގައި ހުރި އެންމެ ރަނގަޅު މީހާ ކަމުގައިވުމަށެވެ. އެކަމުގެ ސަބަބުން ދުނިޔޭގައިވެސް ހިތްހަމަޖެހުމާ އުފާވެރިކަން ލިބި އަދި އާޚިރަތުގައިވެސް މަތިވެރި ދަރަޖަ ލިބުމަށް ނުއެދޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އެހެންކަމާއިއެކުގައިވެސް އެކަމަށް ސަމާލުކަން ދެވޭ ހެއްޔެވެ؟  

އެކަމަށް ސަމާލުކަން ދެވޭނަމަ ޢާއިލާތައް ރޫޅުން އިންތިހާއަށް މަދުވެގެންދާނެއެވެ. ދިރިއުޅުމުގައި އުފާވެރިކަން ނުލިބިގެން އުޅެން ޖެހުން ވެސް އިންތިހާއަށް މަދުވެގެންދާނެއެވެ. އަންނަނިވި 2 ޙަދީޘްފުޅަށް ވިސްނައިލާށެވެ! 

ތިއަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ ކާކުކަން ތަފާތު 2 ހަދީޘްފުޅެއްގައި ރަސޫލް () ވަނީ ބަޔާން ކުރައްވަވައިފައެވެ. 2 ޙަދީޘްފުޅުގައި ވަނީ ތަފާތު 2 މީހެއްގެ ވާހަކައެވެ. 

އެތަނުން ފުރަތަމަ ޙަދީޘްފުޅު ބަޔާން ކުރައްވަވާފައިވަނީ ޢުޘްމާން އިބްން ޢައްފާން އެވެ. އެ ޙަދީޘްފުޅު ޢުޘްމާން އިބްން ޢައްފާންގެ އަރިއަހުން ބަޔާން ކުރައްވަވާފައި ވަނީ އަބޫ ޢަބްދުއްރަހްމާން އައްސުލަނީ އެވެ. އެ ހަދީޘްފުޅުގައި ވަނީ "ތިއަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު، ހެޔޮކަން ބޮޑު މީހަކީ ކީރިތި ޤްރުއާން އުނގެނި އެހެން މީހުންނަށް އުނގަންނައިދޭ މީހާ" ކަމަށެވެ. 

Narrated `Uthman:

The Prophet () said, "The best among you (Muslims) are those who learn the Qur'an and teach it." 

ޞަޙީޙް ބުޚާރީ: 5027 

މިޙަދީޘްފުޅު އެނގިވަޑައިގަތުމުން ޢަބްދުއްރަހްމާން އައްސުލަނީ، އެންމެ ރަނގަޅު މީހުންގެ ތެރޭގައި ހިމެނިވަދައިގަތުމަށްޓަކައި 40 އަހަރުވަންދެން މީސްތަކުންނަށް ކީރިތި ޤްރުއާން އުނަގަނަވައިދެއްވެވުމުގައި ދެމިހުންނެވިއެވެ. އުމުރުފުޅު އެކަމަށް ހޭދަކުރެއްވިއެވެ. މިދައްކަނީ ރަނގަޅު މީހާގެ ވާހަކައެއް ނޫނެވެ. އެންމެ ރަނގަޅު މީހާގެ ވާހަކައެވެ. ވީމާ އެކަން އެގޮތަށް އެކުރެއްވެވީ އެންމެ ރަނގަޅު މީހުންގެ މީހުންގެ ތެރޭގައި ހިމެނިވަޑައިގަތުމުގެ އުންމީދުގައެވެ. 

ހަމަ މިޢިބާރާތް ހިމެނޭ އިތުރު ޙަދީޘްފުޅެއް ޢައިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. 

The Prophet (pbuh) exemplified the perfect character of a spouse who follows the guidance of Allah (SWT). He is reported to have said: “The best of you is the best to his wife and I am the best to my wife” (At-Tirmidhi and Ibn Majah).  

"ތިއަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ އެމީހާގެ އަނބިމީހާއަށް، ޢާއިލާއަށް އެންމެ ރަނގަޅު (ހެޔޮ) މީހާއެވެ.  އަދި ތިމަން ކަލޭފާނީ ތިމަންކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް އެންމެ ރަނގަޅު (ހެޔޮ) މީހާއެވެ." 

މި ދެ ޙަދީޘްފުޅުގައި ވެސް ބޭނުންފުޅު ކުރައްވަވާފައިވަނީ އެއް ޢިބާރާތެކެވެ. އެއީ "ޚައިރުކުމް"އެވެ. 

ސުވާލަކީ ބަޔާން މިކުރި ފުރަތަމަ ޙަދީޘްފުޅުގައި އެހެން އޮތުމުން އެކަމަށް ދޭ ސަމާލުކަމާއި ގާތަކަށްވެސް ދެވަނަ ޙަދީޘްފުޅަށް ސަމާލުކަން ދެވޭ ހެއްޔެވެ؟ ދެވޭނަމަ މިއަދު ކުރިމަތިވެގެން މިއުޅޭ މައްސަލަތަކުގެ ޙައްލު އޮންނާނީ ފެނިފައި ނޫން ހެއްޔެވެ؟  

 

- އިމާމް ވައްހާޖް ޠަރިންގެ ދަރުސަކުން

 

މިއަދު އޮންލައިން