ޙިޖާބްއަޅައި ނިވާވެގެންތިބޭ އަންހެނުން ނަކީ ދުނިޔެއިން އެއްވެސް އުފަލަކަށް ބޭނުންނުވާ ވަރަށް ސީރިޔަސް މިޒާޖުގެ ބައެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޙިޖާބްއަޅައި ނިވާވެގެންތިބޭ އަންހެނުން ނަކީ ދުނިޔެއިން އެއްވެސް އުފަލަކަށް ބޭނުންނުވާ ވަރަށް ސީރިޔަސް މިޒާޖުގެ ބައެއްތަ؟

ބައެއް މީހުން ދެކޭ ގޮތުގައި ޙިޖާބްއަޅައި ނިވާވެގެންތިބޭ އަންހެނުނަކީ ދުނިޔެއިން އެއްވެސް ކަމަކަށް ބޭނުންވާ ބައެއް ނޫނެވެ. އެމީހުންނަކީ އުފާކުރަން ބޭނުންވާ ބައެއް ނޫނެވެ. އަދި އެމީހުންނަކީ ވަރަށް ސީރިޔަސް މިޒާޖުގެ ބައެކެވެ.

ނަމަވެސް މިކަމުގައި އަހުރެންގެ ޚިޔާލު ހަމަމުޅިން ތަފާތެވެ. އަހުރެމެން އަހުރެމެންގެ ޢާއިލީ ދިރިއުޅުމުގައި އުފާކޮށް މަޖާކުރަމުއެވެ. އެކުވެރިންނާއި (އެކުވެރި އަންހެނުންނާއި) ބައްދަލުވުމުން އުފާކޮށް މަޖާކުރަމުއެވެ. އަހުރެމެން ނުކުރާ ކަމަކީ ހިލޭ ފިރިހެނުންނާއިއެކު މަޖާކޮށް އުފާކުރުމެވެ.  

އަހުރެން އިސްލާމްވެ ޙިޖާބް އަޅަންފެށި ދުވަސްވަރު އެކުވެރިންތަކެއް ގެއްލިގެންވެސް ދިއައެވެ. އެއިގެ ތެރޭގައި ފިރިހެނުންނާއި އަންހެނުންވެސް ހިމެނެއެވެ. އެހެންވެ ހުރީވެސް ވަރަށް ކަންބޮޑުވެފައެވެ. ޙިޖާބް އެޅުމަކީ ކުރަން ރަނގަޅު ކަމެއް ކަމާއިމެދު ސުވާލުތައްވެސް އުފެދުނެވެ.  

ޙިޖާބް އަޅަންފެށުމުން ލިބުނު އެކުވެރިން ތަންކޮޅެއް މަދެވެ. ނަމަވެސް އަހުރެމެން ހުރިހާ އެކުވެރިންގެވެސް އަމާޒު އެއްގޮތެވެ. އެއީ އަޅައިގެން ތިބޭ ޙިޖާބް އާއި އެއްގޮތަށް ޢަމަލުވެސް ކުރުމެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރަމުއެވެ.

އަދިވެސް އެއްކަންތައް ފާހަގަކޮށްލާނަމެވެ. މިޘާލަކަށް އެކުވެރިއަކާއި ބައްދަލުކުރަން އަހުރެންދިއައީއެވެ. އަހުރެންގެ އެކުވެރިޔާ، އަހުރެންގެ ކުރިމަތީގައި (އަހުރެންނަށް ފެންނަގޮތަށް) އޭނާގެ ފިރިމީހާގެ ގައިގައި ބައްދައި އޮޅުލައެއް ނުހަދާނެއެވެ. ނަމަވެސް އެންމެން އެކުގައި ކައި ބޮއި ވާހަކަދައްކައި ހަދަމުއެވެ.  

އަހުރެމެން ޙިޖާބް އަޅައިގެން މިތިބެނީ ﷲ ތަޢާލާއަށްޓަކައެވެ. ވީމާ ޙިޖާބް އެޅުމުގެ އަދަބުތަކުގައި ހިފަހައްޓަމުއެވެ. ހީނ، މަޖާކޮށް އުފާކޮށްވެސް ހަދަމުއެވެ. ނަމަވެސް ކުރިން މިބުނި ފަދައިން ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ އިންތަކުގެ ތެރެއިންނެވެ. 

މިއީ އަލަށް އިސްލާމްވެ ޙިޖާބް އަޅަމުންއަންނަ އަންހެނަކު ބުނެފައިވާ ބަސްކޮޅެކެވެ.

މިއަދު އޮންލައިން