އެމީހަކު ދެކެ ލޯބިވާންވެސް އެމީހަކާ ކައިވެނިކުރަންވެސް ހެޔޮނުވާނެ 3 ސިފަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އެމީހަކު ދެކެ ލޯބިވާންވެސް އެމީހަކާ ކައިވެނިކުރަންވެސް ހެޔޮނުވާނެ 3 ސިފަ-

އަހުރެންގެ މިބަސްކޮޅު އަމާޒުމިކުރަނީ ލޮބުވެތި ކަނބަލުންނަށެވެ. 

ތިއަ ކަނބަލުން ރަނގަޅަށް ދަންނާށެވެ! ފިރިހެނަކު ކައިވެނީގެ ބޭރުން ތިބާގެ ކިބައިން އެއްވެސް ބާވަތެއްގެ ޖިންސީގުޅުމަކަށް އެދިއްޖެނަމަ އެމީހަކީ އަމިއްލަ އެދުމުން ފުރިގެންވާ މީހެކެވެ. އަދި އެބާވަތުގެ ކަމަކަށް މަގުފަހިވެދާނެ ކަމެއް ކުރަން އުޅުނު ނަމަވެސްމެއެވެ. 

ހަމައެއާއިއެކު ވިސްނާށެވެ! ކައިވެނީގެ ކުރިންވެސް އަދި ފަހުންވެސް ތިއަ ލޮބުވެތި ކަނބަލުން ބޭރަށް ނެރޭނަމަ އެހެން މީހުންގެ ސަމާލުކަން ލިބޭނެ ފަދަ "އަޢުރަ ނިވާނުވާ" ހެދުން ލައްވައި އެެހން މީހުންގެ ސަމާލުކަން ލިބޭނެ ވަރަށް މޭކަޕްކުރުވަން އުޅޭނަމަ އެމީހަކީ ތިބާ ދެކެ ޙަޤީޤީ ލޯބިވާ މީހެއް ނޫނެވެ. 

އަދި ހަމައެގޮތުނަ ކައިވެންޏަށްފަހުގައިވެސް ނުވަތަ ކައިވެނީގެ ކުރިންވިޔަސް މީހުންގެ ތެރޭގައި ތިބާގެ ޢަބުރާއި ޢިއްޒަތް ގެއްލިގެން ހިނގައިދާނެ އެއްވެސް ކަމެއް ކުރާނަމަ އެމީހަކީ ތިބާދެކެ ލޯބިވާ މީހެއް ނޫނެވެ. 

މި ބަޔާންކުރި 3 ކަންތައް ނުވަތަ 3 ކަމުންކުރެ ކަމެއް ކުރާމީހަކާއި ގުޅުން ނުބާއްވާށެވެ. އެބާވަތުގެ މީހަކާއި ގުޅި ކައިވެނިނުކުރާށެވެ. އަނބިން ދެކެ ލޯބިވާންޖެހޭނީވެސް އަދި ފިރިން ދެކެ ލޯބިވާންޖެހޭނީވެސް ހަމައެކަނި ﷲ ތަޢާލާއަށްޓަކައެވެ. 

ފިރިހެނުންގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ އަނބިމީހާއަށް ބޭނުންވާ ރައްކައުތެރިކަން ހޯދައި ދިނުމެވެ. އެކަން މަސްއޫލިއްޔަތަކަށްވެގެންދަނީ ﷲ ތަޢާލާ އެކަން ވާޖިބުކުރައްވަވާފައިވާތީއެވެ. ވީމާ ﷲ ތަޢާލާއަށްޓަކައި އަދާކުރަންޖެހޭ ވާޖިބު އަދާނުކުރާނަމަ އެކަމުން އަންގައިދެނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް މިނަވަރަށް ލޯތްބެއް ނެތްކަމެވެ. އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯތްބެއް ނެތް މީހެއްގެ ހިތުގައި އަނބިމީހާގެ މައްޗަށް އެއްވެސް ލޯތްބެއް އޮންނާނެ ކަމަށް ނަމަނަމަ ޤަބޫލުނުކުރާށެވެ!

 

- އަލަފް

މިއަދު އޮންލައިން