ދަރިންގެ ޞިއްޙަތަށް ސަމާލުވޭ! ގޮތް ނޭނގޭ ބަލިތަކާ ހަކުރުބަލިޖެހޭ ކުދިން ގިނަވަމުން ދިއުމުގަ މައިންބަފައިންގެ އިހްމާލް ވަރަށް ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 20ސ
ދަރިންގެ ޞިއްޙަތަށް ސަމާލުވޭ! ގޮތް ނޭނގޭ ބަލިތަކާ ހަކުރުބަލިޖެހޭ ކުދިން ގިނަވަމުން ދިއުމުގަ މައިންބަފައިންގެ އިހްމާލް ވަރަށް ބޮޑު!

މިހާރަކަށް އައިސް މަންމަވެސް ވަޒީފާއަދާކުރާތީ މަސައްކަތް ލުއިކުރުމުގެ ގޮތުން ތަފާތު ތައްޔާރީ ކާނާތައް ކުދިންނަށް ކާންދިނުން ގިނަވެފައިވާކަމަށް ބުނެ ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރެއެވެ. އަޅުގަނޑުގެ ސުވާލަކީ ތައްޔާރީ ކާނާ އުފައްދާފައި ހުންނަނީ ގެއްލުންވާ ގޮތަށްތޯ؟ 

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނެލަން އޮތީ ކުދިންނަށް ކާން ދިނުން އެންމެ ރަނގަޅީ އަމިއްލައަށް ތައްޔާރުކުރާ ތަކެތިކަމަށެވެ. ތައްޔާރީ ލުއިކާނާގެ ގިނަ ބާވަތްތައް އުފައްދާފައި ހުންނަނީ ކުދިންގެ ޞިއްޙަތަށް ބެލުމުގެ ބަދަލުގައި ކުދިން ކާހިތްވާ ގޮތަށް އަނގައަށް މީރުވާ ގޮތަށްކަމަށްވާތީ ޞިއްޙަތަށް ރަނގަޅު ނޫން ބައެއް ބާވަތްތައްވެސް ބޭނުންކޮށްފައި ހުންނަކަން ޑޮކްޓަރުން ފާހަގަކުރެއެވެ. 

ތިރީގައިވާ ލިޔުމުން އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ 

ގޮތް ނުއެނގޭ ބަލިތައް ކުދިންނަށް ޖެހުން ދަނީ އިތުރުވަމުންނެވެ. އަދި ހަކުރުބަލިޖެހޭ ކުދިންގެ އަދަދު މުޅި ދުނިޔޭގައިވެސް ދަނީ ކަންބޮޑުވާންޖެހޭ މިންވަރަށް ގިނަވަމުންނެވެ. މިކަންކަމާއި ގުޅިގެން ބލެނިވެރިންގެ ސަމާލުކަން ވަނީ އިތުރަށް ބޭނުންވެފައެވެ. ދަރިފުޅަށް މީރު ނަމަވެސް ޞިއްޙަތަށް ގެއްލުން ހުރި ބާވަތްތައް ދިނުން މަދުކުރަން މިވަނީ ސަމާލުކަން އިތުރުކުރަންޖެހިފައެވެ. 

ޖެލެޓީން އަޅައިގެން ހަދާފައި ހުންނަ ކެންޑީޒް އާއި ތަފާތު ބާވަތްތަކުގެ ނުރައްކާތެރިކަން ވަކިން ބޮޑެވެ. މިއީ މުސްލިމުން އިތުރަށް ވެސް ވިސްނަން ޖެހޭ ކަމެކެވެ. އެހެނީ ޖެލެޓީންގެ ގިނަ ބާވަތްތައް އުފައްދާފައި ހުންނަނީ ޙަލާލް ތަކެތީގެ ގޮތުގައެއް ނޫނެވެ. މުސްލިމުންނަށް ޙަރާމް މާއްދާތައް ބޭނުންކޮށްގެންނެވެ. 

ގިނަ ބެލެނިވެރިންނަކަށް މިކަންކަމެއް ނުވެސް ވިސްނެއެވެ. ދަރިފުޅު ރުއްސަން މިފަދަ ތަކެތި ގަނެދެނީއެވެ. ހުސްނުކޮށް ގޭގައި ބަހައްޓަނީއެވެ. ނަތީޖާއަކީ އެންމެ ތުއްތު އިރުންސުރެ ކުއްޖާއަށް ބޭނުންވާވަރަށްވުރެ މާގިނައިން ހަކުރު ކާންދެވުމެވެ. ހަކުރަށް ކުއްޖާ ހޭނުމެވެ. އެންމެ ހިތާމަހުރި އެއް ކަމަކީ ކުދިންނަށް ބޮޑު ބައްޔެއް ޖެހުމުގެ ކުރިން ލޮލުގެ ފެނުމަށް އުނިކަން އަންނަން ފަށާކަމެވެ. ރަނގަޅަށް ތަހްލީލް ކުރެވިއްޖެ ނަމަ މިފަދަ ގިނަ މައްސަލަތައް ގުޅިފައިވަނީ ހަކުރު އިތުރުވުމާއިކަން ރަނގަޅަށް އެނގޭނެއެވެ. 

ގިނަ އަދަދެއްގެ ކުޑަކުދިން މިހާރު ތިބެނީ އާދައާއި ޚިލާފަށް ފަލަކޮށްކަން އެންމެންނަށްވެސް ފާހަގަކުރެވޭނެއެވެ. މިފަދަ ކުދިންގެ ތެރެއިންވެސް ގިނަ ކުދިން ފަލަކޮށް ތިބޭ ސަބަބަކީވެސް ހަމަހަކުރެވެ. ކެވޭ ހަކުރުތައް ހަށިގަނޑުން ނައްތައިލެވޭ ވަރަށް ކަސްރަތު ނުކުރެވުމެވެ.

މީގެ މާނައަކީ ހުރިހާ ކުދިންނަށް ޖެހޭ ކޮންމެ ބައްޔެއްގެ ސަބަބަކީ ހަކުރުކަމަށް ބުނުމެއް ނޫނެވެ. ނަމަވެސް ބުނަން ބޭނުންވަނީ ހަކުރުގެ ސަބަބުން މިފަދަ މައްސަލަތައް އިތުރުވާކަމެވެ. ހަކުރުގެ ސަބަބުން ޖެހޭ ބަލިތައް އިތުރުވަމުން އަންނަ ކަމެވެ. ނަޞޭޙަތަކީވެސް އިލްތިމާސަކީވެސް ދަރިންދެކެވާ ލޯބިން ދަރިންނަށް ބޮޑެތި ބަލިތައް ޖެހެން މަގުފަހިކުރުން ހުއްޓައިލާށެވެ! އަދި ހަމަ ބޮޑެތި މީހުން ވެސް މިކަންކަމަށް ސަމާލުކަން ދޭށެވެ! 

މީގެ ހަމަ މަދު އަހަރުކޮޅެއް ކުރިއަށް ބަލައިފިނަމަ ކުޑަކުދިންނަށް ޖެހޭ ޢާންމު ބަލިތައް މިހާރަށްވުރެ ބޮޑުތަނުން މަދެވެ. ހަކުރު ބައްޔާއި ހިތުގެ ބަލިތަކާއި ކިޑްނީ ފޭލްވުމާއި މިފަދަ ބޮޑެތި ބަލިތައް ކުދިންނަށް ޖެހުން މިހައި ގިނަ މިވީ ވަރަށް ފަހުންނެވެ. މިފަދަ ބޮޑެތި ބަލިތައް ކުޑަކުދިންނަށް ޖެހުން މިހައި ގިނަވެފައި މިވަނީ އިންސާނިއްޔަތުގެ ދުޝްމިނުން އެމީހުންގެ ތަނަވަސްކަން އިތުރުކުރުމަށްޓަކައި ކުރަމުން ގެންދާ ކަންކަމުގެ ސަބަބުންނެވެ. ދަރިންނަށް ހަކުރު ކާންދިނުން ޖަހަމުންގެންދާ މަޅިތަކުގެ ސަބަބުންނެވެ.

ހަކުރަ ހުރިހާ އިންސާނުންގެވެސް އެންމެ ބޮޑު ދުޝްމިނެވެ. ވަކި އުމުރެއް ނެތިއެވެ. ގިނަ އަދަދަކަށް ހަކުރު އަޅާފައި ހުންނަ ޗޮކްލެޓާއި ކެންޑީޒް އާއި މިނޫންވެސް ތަފާތު ބާވަތްތައް އުފައްދައި މިހާރު ބާޒާރަށް ނެރެމުން ދަނީ ކުޑަކުދިން އިންތިހާއަށް ޝައުޤުވެރިވާނެ ގޮތްގޮތަށް ބަންދުކޮށްގެންނެވެ. ކުޅޭ އެއްޗެތީގެ ގޮތުގައެވެ. ކުޑަކުދިން ޝައުޤުވެރިވާ ފަދަ "ކެރެކްޓަރ"ތައް ވެސް ހަދައިގެންނެވެ. ކުޑަކުދިން ޝައުޤުވެރިވާ ފަދަ ގޮތްގޮތަށް ކުލަތަކުން ފުރާލާފައިވާ ޕެކިންގތަކުގައެވެ.

މިއަދު އޮންލައިން