ނަމާދުކުރުން ހަދަންޖެހޭނީ ތިމާ ކުރާހިތުންކުރާ ކަމަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ނަމާދުކުރުން ހަދަންޖެހޭނީ ތިމާ ކުރާހިތުންކުރާ ކަމަކަށް!

ބައެއް މީހުން ހަމައެކަނި ވާޖިބު އަދާކުރަންވެސް ނަމާދުކުރެއެވެ. އެއިރުންވެސް ނަމާދު ކުރިކަމަށްވާނެއެވެ. ނަމަވެސް ނަމާދުކުރުމުން ލިބޭ ފައިދާ ޙާޞިލުކުރެވޭނީ ނަމާދުކުރާހިތުން ނަމާދުކުރުމުންނެވެ. 

"މިއަޅާ ނަމާދު މިކުރަނީ އިނބަ ﷲ އަށް ލޯބިން" ކަމަށް ހިތުގައި ކަނޑައަޅައިގެން ކުރާ ނަމާދަކުން ނޫނީ ނަމާދުކުރުމުގެ ހަޤީޤީ މަންފާއެއް ނުކުރާނެއެވެ. ނަމާދު ފުރިހަމަ ކުރެވޭނީ "މިއަޅާ ނަމާދު މިކުރަނީ އިނބަ ﷲ މިއަޅާއަށް މިންވަރު ކުރެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވުމަށް" ކަމަށް ހިތުގައި ކަނޑައަޅައިގެން ނަމާދުކުރުމުންނެވެ. 

ހަމައެއާއިއެކު ކޮންމެ ނަމާދެއްވެސް ކުރަންވާނީ އެނަމާދަކީ ތިމާއަށް ކުރެވޭނެ އެންމެ ފަހު ނަމާދުކަމަށް ބަލައިގެން ޚުޝޫޢަތްތެރިކަމާއިއެކު ވީހާ ފުރިހަމައަކަށް ކަމަށް އޮތް ޙަދީޘްފުޅު އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ. ކުރާ ނަމާދު ނަމާދަކަށް ހެދޭނީ އެއިރުންނެވެ. 

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކޮންމެވެސް މައްސަލަތަކެއް ކުރިމަތިވެފައިވާ މީހެކެވެ. ގިނަ ކަންތައްތަކަކަށް އެދި ﷲ ތައާލާގެ ޙަޟްރަތުގައި ދަންނަވަން ޖެހިފައިވާ މީހެކެވެ. އެހެންކަމުން އެންމެ ފުރަތަމަ ކަމަކަށްވެސް ކުރަން އޮތް ކަމަކީ ނަމާދު ޤާއިމުކުރުމެވެ. ނަމާދު ޤާއިމުކުރުމަކީ ފަރުޟު 5 ނަމާދު ތަރުތީބުން 5 ނަމާދު ހަމއަށް ކުރަމުން ގެންދިއުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން