ކޮންމެ މުސްލިމަކަށް މުހިންމު ފިލާވަޅެއް! ކޮވިޑަށް ދުނިޔޭގެ ގިނަބައަކު ގުޑުވާލެވުނުއިރު ޘާބިތުވެވުނީ ކޮންބައަކަށް؟ ޘާބިތުވެވުނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކޮންމެ މުސްލިމަކަށް މުހިންމު ފިލާވަޅެއް! ކޮވިޑަށް ދުނިޔޭގެ ގިނަބައަކު ގުޑުވާލެވުނުއިރު ޘާބިތުވެވުނީ ކޮންބައަކަށް؟ ޘާބިތުވެވުނީ ކީއްވެ؟

އަހުރެން ފުރަތަމަ ދައްކާލަން ބޭނުންވަނީ ކޮވިޑް 19 ގެ ވާހަކައެވެ. އެތައް މިލިއަން ބައަކު މަރުވިއެވެ. އެތައް މިލިއަން ބައަކު ބަލިވިއެވެ. އެތައް މިލިއަން ބައަކަށް ތަފާތު މުޞީބާތްތައް ޖެހުނެވެ. އެތައް މިލިއަން ބައަކަށް މާލީ ގޮތުން ބޮޑެތި މުޞީބާތްތައް ކުރިމަތިވިއެވެ. 

ދެން ފާހަގަކޮށްލަން ބޭނުންވަނީ އެބަލީގެ ސަބަބުން ނަފްސާނީ ގެއްލުން ލިބުނު މީހުންގެ ޢަދަދަށެވެ. އެއީ މާގިނަ ބައެކެވެ. އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި ނަފްސާނީ ގޮތުން ގެއްލުން ނުވަނީ ވަރަށް މަދު މީހަކަށެވެ. ވީމާ އެއީ މާގިނަ ޢަދަދެކެވެ. 

ދެން ބަލައިލަންވީ ނަފްސާނީ ގޮތުން ގެއްލުން ނުލިބުނު މަދުމީހުންނަކީ ކޮންބައެއްތޯއެވެ؟ އެމީހުންނަށް ގެއްލުން ނުލިބުނީ ކީއްވެގެންތޯއެވެ؟ ސުވާލުގެ ޖަވާބަކީ އެމީހުންނަކީ އެމީހުންގެ ދީނުގެ ޢަޤީދާގައި ޘާބިތުވި މީހުންނެވެ. 

ޢަޤީދާގައި ޘާބިތުވުމުން މައްސަލަތައް ކުރިމަތިވާނެކަމާއި މައްސަލަތަކުން އަރައިގަނެވޭނެ ކަމާއި އަދި ތިމާއަށް ދެރަގޮތެއް ﷲ ތަޢާލާ މިންވަރު ނުކުރައްވަވާނެކަން ޔަޤީންކުރެވޭނެއެވެ. އެމީހުންނަކީވެސް އިންސާނުންނެވެ. ވީމާ ކަންބޮޑުވުންތަކެއްވެސް ހުންނާނެއެވެ. ނަމަވެސް އެމީހުންގެ ނަފްސަށް ގެއްލުން ލިބޭ މިންވަރަކަށް އެއްވެސް ކަމަކަށް ކަންބޮޑެއް ނުވާނެއެވެ. 

ޢަޤީދާ ވަރުގަދަކޮށް ހަރުދަނާކުރަންޖެހޭ ސަބަބަކީ އެއީއެވެ. ދިރިއުޅުމުގައި ކަންކަން ކުރިމަތިވުމުން މާޔޫސްނުވެ ކުރިއަށް ދެވޭނެ މަގު ފެންނާނެތީއެވެ. އެއީ ކޮންމެ ކަމެއް ނަމަވެސްމެއެވެ. މާލީ ގެއްލުމެއް ލިބުނަސް އަދި ޒަވާޖީ ޙަޔާތް ރޫޅި އެކަނިވެރިވާންޖެހޭ ޙާލަތުގައިވެސްމެއެވެ. އިން ޝާ ﷲ

 

- އަލަފް

މިއަދު އޮންލައިން