ކޮންމެ މީހަކަށްވެސް އެންމެ ފައިދާކުރާނެ އެންމެ މަތިވެރި ގުޅުމަކީ ކޮބާ؟ އެ ގުޅުން އުފައްދާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކޮންމެ މީހަކަށްވެސް އެންމެ ފައިދާކުރާނެ އެންމެ މަތިވެރި ގުޅުމަކީ ކޮބާ؟ އެ ގުޅުން އުފައްދާނެ ގޮތް-

ކޮންމެ މީހަކަށްވެސް އެންމެ ފައިދާކުރާނެ އެންމެ މަތިވެރި ގުޅުމަކީ ކޮބައިތޯ ބައެއް މީހުން ސުވާލުކުރެއެވެ. އަހުރެންގެ ވިސްނުމުގައި އެގުޅުމަކީ ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި އުފެއްދޭ ގުޅުމެވެ. އެގުޅުމަކީ ދެފަރާތުގެ އަމިއްލަ ގުޅުމުގެ ގޮތުގައިވެސް މާނަކުރެވިދާނެއެވެ. 

އެގުޅުން އުފައްދަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށްވެސް އެކަންކަން ކުރުމަށް ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކުރުން ގިނަކުރަމުން ގެންދާށެވެ. ކަމަކުން ކަމަކުން އިތުރުކުރަމުން ގެންގޮސް ވީހާގިނަ ކަންކަން ކުރަން ފަށާށެވެ. އަދި ނަހީކުރެއްވެވި ކަންކަން ނުކޮށް ހުންނަން މަސައްކަތްކުރާށެވެ. 

ދެން ވިސްނާލަންވީ އެ ގުޅުން އުފެދޭކަމާއިމެދުގައެވެ. އެގުޅުން އުފެދޭކަމުގެ ހިތްހަމަޖެހުން ލިބެން ބޭނުންވާނަމަ ހެޔޮ ޢަމަލުތައް ކުރުމުން ތިމާއަށް ހިތްހަމަޖެހުން ލިބޭ މިންވަރަށް ވިސްނައިލާށެވެ. އަދި ނަހީކުރެއްވެވި ކަންކަން ކުރަން ބިރުވެތިވެވޭ މިންވަރާއިމެދުގައިވެސް ވިސްނައިލާށެވެ. ނަތީޖާ ރަނގަޅުނަމަ އެގުޅުން އެވަނީ އުފެދިފައިކަމަށް އުންމީދުކުރާށެވެ. 

އަހުރެމެންނަސް މިއަދު މައްސަލައަކަށްވެގެން މިއުޅެނީ ﷲ ތަޢާލާ އާއި ތިމާ އާއި ދެމެދުގައި އޮންނަން ޖެހޭ މިބަޔާންކުރި ގުޅުމަށް ފަރުވާކުޑަކުރެވޭކަމެވެ. އެންމެ ކުޑަމިނުން ނަމާދުގައި ޚުޝޫޢަތްތެރި ނުވެވޭކަމެވެ. ނަމާދުގައި ޚުޝޫޢަތްތެރިވާން މަސައްކަތް ނުކުރެވޭނަމަވެސް، އަދި ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދެވޭނަމަވެސް ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން އެވަނީ ވަރަށް ވަރަށް ބޮޑަށް ހީނަރުވެގެންގޮސްފައެވެ. ވީމާ އެކަންކަން އިޞްލާޙްކުރަން މަސައްކަތްކުރާށެވެ. 

ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ފުރިހަމަ ގޮތުގައި ބޭއްވިގެން ނޫނީ ދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބެއް ނުކުރެވޭނެއެވެ. ކޮންމެ މީހަކަށްވެސް އެންމެ ފައިދާކުރާނެ އެންމެ މަތިވެރި ގުޅުމަކީ ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި އުފެއްދޭ ގުޅުންކަމަސް މިބުނަނީ މި ސަބަބުތަކަށްޓަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން