ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންތައް-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންތައް-: މުފްތީ މެންކް

އަހުރެން މިބުނަނީ ތިބާއަށް ވަރަށް ފައިދާކުރާނެ ވާހަކައެކެވެ. އަޑުއަހާފައި ގޮތެއް ނިންނާށެވެ. ތިމާގެ ނިމިދިއުމާއި އަދި އާޚިރަތާއިވެސްމެދުގައެވެ. 

ތިބާ ދުނިޔެއިން ނުކުންނާނީ ނުވަތަ މަރުވާނީ ތިބާ ދުނިޔޭގައި އުޅުނު ގޮތެއްގެ މަތީގައެވެ. އަދި ޤިޔާމަތްވުމުން ތިބާ ކައްވަޅުން ތެދުވާނީ ތިބާ ދުނިޔޭގައި އެންމެ ފަހުން އުޅުނު ގޮތުގެ މަތީގައެވެ. އެންމެފަހުން ކުރި ޢަމަލުމަތީގައެވެ. 

ވީމާ ތިބާ ދުނިޔޭގައި ކުރަމުން އައި ފާފަތައް ކުރުން ހުއްޓާނުލާނަމަ ތިބާ މަރުވާނީ އެފާފައެއް ނުވަތަ ފާފަތަކެއް ކުރުންމަތީފައެވެ. އެކަމުގެ ނަތީޖާއަކަށްވެގެންދާނީ ތިބާއެންމެފަހުން ކުރި ފާފަ މަތީގައި ކައްވަޅުން ތެދުވަންޖެހުމެވެ. 

މިކަންކަން އެނގެން އޮތްއިރު ފާފަކުރުނަމަތީގައި ދެމިހުންނަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ މަރުވާނެ ވަޤުތު އެނގެނީ ކާކަށް ހެއްޔެވެ؟ މިއަދުވެސް މަރުވެއްޖެނަމަ ދެންވާނީ ކިހިނަކުންހެއްޔެވެ؟ 

ވީމާ ފަހުން ތައުބާވާން މަޑުނުކުރާށެވެ. ފާފަކުރުން އަވަހަށް ހުއްޓައިލާށެވެ. އަވަހަށް ތައުބާވެ ﷲ ތަޢާލާއަށް ކިޔަމަންތެރިނ އެކަލާނގެ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ މަރުނުވަން މަސައްކަތްކުރާށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން