ނަމާދަށް ހުންނެވިއިރު ރަސޫލް ޞޢވ, ގެ ކަރުނަފޮދުން ތުނބުޅިފުޅު ފޯވެ ކަރުނަފޮދު ބިމަށް އޮހޮރުން-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
ނަމާދަށް ހުންނެވިއިރު ރަސޫލް ޞޢވ, ގެ ކަރުނަފޮދުން ތުނބުޅިފުޅު ފޯވެ ކަރުނަފޮދު ބިމަށް އޮހޮރުން-!

ކޮންމެ މުސްލިމަކުވެސް ބުނާނީ ތިމާއަކީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހެއްކަމަށެވެ! ސުވާލަކީ ބިރުވެތިވެވެނީ ކިހައިވަރަކަށް ހެއްޔެވެ؟ ބިރުވެތިވެވޭކަން ޢަމަލުން ދެއްކޭ ހެއްޔެވެ؟ 

ޢަބްދުﷲ ބިން ޝަޤީޤް (ރޢ) ވިދާޅުވެފައިވެއެވެ. "ރަސޫލް (( ނަމާދުފުޅަށް ހުންނެވިއިރު، އިސްތަށިފުޅަށް ފެންބާލިދީއެއް އޮއްސައިލުމުން ތުނބުޅިފުޅުން ފެންފޮދު އޮހޮރޭނެފަދައިން ފެންފޮދު ފައިބަނިކޮށް ދެކެވަޑައިގަތީމެވެ. 

މިހައިވަރަށް ރަސޫލް () ކީރިތި ކުރެއްވެވީ ކޮން ކަމަކާއި ގުޅިގެންކަން އެނގޭހެއްޔެވެ؟ ޢަބްދުﷲ ބިން ޝަޤީޤް (ރޢ) ވިދާޅުވެފައިވަނީ "ﷲ ތަޢާލާއަށް ބިރުފުޅުން ކިރިތި ކުރެއްވެވުމުގެ ސަބަބުން ލޯފުޅުން ފައިބަމުންދިއަ ކަރުނަފޮދު ގިނަކަމުން" ކަމަށެވެ. 

ރަސޫލް ()އަކީ އެއްވެސް ފާފައެއް ކުރެއްވެވި ބޭކަލެއް ނޫނެވެ. އަދި ކުރެވޭނެ ފާފަތަކަށް ވެސް ﷲ ތަޢާލާ ވަނީ ޢަފޫކުރައްވަވައިފައެވެ. ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ލިބިވަޑައިގެންފައެވެ. އެހެންކަމާއިއެކުވެސް ﷲ ތައާލާއަށް ބިރުފުޅުގެން ވަޑައިގަންނަވާ މިންވަރު ޝަޤީޤް (ރޢ) ގެ ބަސްފުޅުން މިއޮތީ ވަރަށް ސާފުކޮށް ފެންނާށެވެ! 

ﷲ ތަޢާލާއަށް ބިރުވެތިވާކަމަށް އަހަރެމެން ބުނާއިރު އެތައް އަހަރެއް ވަންދެން އަހަރެމެން ދުނިޔޭގައި އުޅެފައިދާއިރު ﷲ ތައާލާއަށް ބިރުން ލޮލުން އެންމެ ކަރުނަ ތިއްކެއްނަމަވެސް ވައްޓައި ނުލެވޭނަމަ އެއީ ޤިޔާމަތް ދުވަހު ހިތާމަކުރަންޖެހޭނެ ކަމެކެވެ. އެހެނީ ﷲ ތަޢާލާއަށް ބިރުން އެންމެ ކަރުނަތިއްކެއްވެސް އަޅައިފިނަމަ އެމީހަކަށް ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެތީއެވެ. 

ﷲ ތަޢާލާއަށް ބިރުވެތިވެ ލޮލުން ކަރުނައަޅަން ކިތަންމެ ވަރަކަށް ބޭނުންވިނަމަވެސް އެކަން ޙާޞިލްކުރެވޭނީ ހިތުގައި އީމާންކަން އެވަރަށް ވަރުގަދަކޮށްގެންނެވެ. ތަޤްވާވެރިކަން އިތުރުކޮށްގެންނެވެ. އެހެނީ ﷲ ތަޢާލާއަށް ބިރުވެތިވެވޭނީ އީމާންކަން ވަރުގަދަކޮށް ތަޤްވާވެރިކަން އިތުރުކުރިވަރަކުން ކަމުގައިވާތީއެވެ! 

ދެން ވިސްނައިލަންވީ މިކުރެވޭ ނަމާދަށެވެ! ނަމާދަކަށް ނަމާދެއްކޮށްގެން ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނުއުފެއްދޭނެއެވެ. ހިތުގައި ބިރުވެތިކަން އުފެއްދޭނީ ތިމާ ޙާޟިރުވެ މިހުރީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކަމާއި ތިމާކުރާ ޢަމަލުތަކާއި ކިޔާތަކެއްޗާއި އަދި ހިތަށް އަރާ ތަކެތިވެސް ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަމާއި ތިމާއަށް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން ހިތްމައްޗަށް ގެނެސްގެން ނަމާދުކުރުމުންނެވެ. 

- އިސްލާމީ ތިލަވަތުގެ ދަރުސަކުން

 

 

 

 

ޢަބްދުއްލަޠީފް

 

ޢަބްދުﷲ ބިން ޝަޤީޤް (ރޢ) ވިދާޅުވެފައިވެއެވެ. "ރަސޫލް (ޞޢވ) ނަމާދުފުޅަށް ހުންނެވިއިރު، އިސްތަށިފުޅަށް ފެންބާލިދީއެއް އޮއްސައިލުމުން ތުނބުޅިފުޅުން ފެންފޮދު އޮހޮރޭނެފަދައިން ފެންފޮދު ފައިބަނިކޮށް ދެކެވަޑައިގަތީމެވެ.

 

މިހައިވަރަށް ރަސޫލް (ޞޢވ) ކީރިތި ކުރެއްވެވީ ކޮން ކަމަކާއި ގުޅިގެން ހެއްޔެވެ؟ ޢަބްދުﷲ ބިން ޝަޤީޤް (ރޢ) ވިދާޅުވެފައިވަނީ "ﷲ ތަޢާލާއަށް ބިރުފުޅުން ކިރިތި ކުރެއްވެވުމުގެ ސަބަބުން ލޯފުޅުން ފައިބަމުންދިއަ ކަރުނަފޮދު ގިނަކަމުން" ކަމަށެވެ.

 

ރަސޫލް (ޞޢވ)އަކީ އެއްވެސް ފާފައެއް ކުރެއްވެވި ބޭކަލެއް ނޫނެވެ. އަދި ކުރެވޭނެ ފާފަތަކަށް ވެސް ﷲ ތަޢާލާ ވަނީ ޢަފޫކުރައްވަވައިފައެވެ. ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ލިބިވަޑައިގެންފައެވެ. އެހެންކަމާއިއެކުވެސް ﷲ ތައާލާއަށް ބިރުފުޅު ގަންނަވާ މިންވަރު މިއޮތީ ވަރަށް ސާފުކޮށް ފެންނާށެވެ!

 

މީސްތަކުންނޭވެ! އެތައް އަހަރެއް ވަންދެން ދުނިޔޭގައި އުޅެފައިދާއިރު ﷲ ތައާލާއަށް ބިރުން ލޮލުން ލޮލުން އެންމެ ކަރުނަ ތިއްކެއްނަމަވެސް ވައްތައި ނުލެވޭނަމަ އެއީ ޤިޔާމަތް ދުވަހު ހިތާމަކުރަންޖެހޭނެ ކަމެކެވެ. އެހެނީ ﷲ ތަޢާލާއަށް ބިރުން އެންމެ ކަރުނަތިއްކެއްވެސް އަޅައިފިނަމަ އެމީހަކަށް ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބޭނެތީއެވެ.

 

މީސްތަކުންނޭވެ! އެކަން ޙާޞިލްކުރެވޭނީ ހިތުގައި އީމާންކަން ވަރުގަދަކޮށްގެންނެވެ. ތަޤްވާވެރިކަން އިތުރުކޮށްގެންނެވެ. އެހެނީ ﷲ ތަޢާލާއަށް ބިރުވެތިވެވޭނީ އީމާންކަން ވަރުގަދަކޮށް ތަޤްވާވެރިކަން އިތުރުކުރިވަރަކުން ކަމުގައިވާތީއެވެ!

 

--އިސްލާމީ ތިލަވަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން