ބައިވެރިޔާ ތިމާ އެންމެ ބޭނުން ނޫން ހަދިޔާދޭނަމަ އެންމެ ބޭނުންވާ ހަދިޔާ ހޯދަން ކަންކަން ކުރާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ބައިވެރިޔާ ތިމާ އެންމެ ބޭނުން ނޫން ހަދިޔާދޭނަމަ އެންމެ ބޭނުންވާ ހަދިޔާ ހޯދަން ކަންކަން ކުރާނެ ގޮތް-

މިހާރަކަށް އައިސް ބައެއް ޢާއިލާތަކުގައި ދެމަފިރިންވެސް މަސައްކަތް ނުކުރާ ކަމަށް ބުނަނީއެއް ނޫނެވެ. ދެމަފިރިންވެސް މަސައްކަތްކޮށް އާމަދަނީ ހޯދާ ޢާއިލާތައްވެސް މިހާރު ވަރަށް ގިނައެވެ. އެކަމަކު މަސައްކަތްކޮށް އާމްދަނީ ހޯދަނީ ފިރިމީހާ އެކަނިކަމަށްވާނަމަ އަނބިމީހާ ދަސްކުރަންޖެހޭނެ ފިލާވަޅެއް ވެއެވެ. 

އެފިލާވަޅަކީ ފިރިމީހާ ހޯދައިދޭ އެއްޗެއްސަށް ފާޑުނުކިޔުމާއި ނުރުހުމުގެ ބަސް ނުބުނުމެވެ. ސަބަބަކީ އެމީހުންކޮށްދޭ ކަންކަން ބަލައިނުގަންނަމަ ފޫހިވެ ކަންކަންކޮށްދޭން ބޭނުންނުވާ ފިރިން ވަރަށް ގިނަވާނެއެވެ. އެކަން އެގޮތަށް މެދުވެރިވަނީ އެއީ ފިރިހެނުންގެ ކިބައިގައި ހުންނަ ސިފައަކަށްވާތީއެވެ. 

ފިރިމީހާ އެއްޗެއް ދީފިނަމަ ފުރަތަމަވެސް ޝުކުރުވެރިވާށެވެ. ފިރިމީހާގެ ހިތަށް ހަމަޖެހުން ހޯދައިދޭށެވެ. އެއްޗަކީ އެހައި ރަނގަޅު ނޫން، ނުވަތަ ބޭނުންވަނީ އެހެން އެއްޗެއްނަމަ ފަހުން ކޮންމެވެސް ވަޤުތަކު ހަމަޖެހިލައިގެން ތިބެ އެވާހަކަ ދައްކާށެވެ. އެއިރުވެސް ބުނާށެވެ.

"ކުރީ ދުވަހަކު ދިން ފޮތިގަނޑަކީވެސް ރީތި ފޮތިގަނޑެކެވެ. އެއިގައި ތަންކޮޅެއް ކުދި މައު ހުރިނަމަ ވަރަށް ރީތިވީހެވެ." "މިހާރު އަތުގައި ފިޔާތޮށިކުލައިގެ ހެދުން ވަރަށް ގިނަވެއްޖެއެވެ. ދެންފަހަރަކުން ފެހިކުލައިގެ ފޮތިގަނޑެއް ގަންނައްޗެވެ. އެންމެ މަދީ ފެހިކުލައިގެ ހެދުމެވެ." 

މިފަދަ ގޮތަކަށް ބުނެލައިފިނަމަ ފިރިމީހާ ވަރަށް އުފާވާނެއެވެ. އުފާވިވަރުން ބައެއް ފިރިހެނުން ހަމައެދުވަހުވެސް އެބުނި ފަދަ ހެދުން ގަނެދީފައިވެސް އެބަހުއްޓވެ. 

މިފަދަ ނަޞޭޙަތެއް ކުރީ ދުވަހަކުވެސް ދިނީމެވެ. މިއަދު ތަންކޮޅެއް ތަފްޞީލުކޮށް މިކިޔައިދިނީ އެދުވަހު ދެއްކި ވާހަކައާއި ގުޅިގެން ބައެއް މީހުން ސުވާލުތައް ކުރީތީއެވެ. އަދި ހަމަ އެއާއިއެކު މިއަދުވެސް ހަނދުމަކޮށްލައިދޭނަމެވެ. އަނބިމީހާ ކޮށްދޭ ކަންކަމަށް ފާޑުކިޔައި ހަދަންވާނީވެސް ހަމަ މިއުޞޫލުންނެވެ. މިބާވަތުގެ ކަނަކްމަކީ ދެމަފިރިންވެސް ސަމާލުކަންދޭންޖެހޭނެ ކަންކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން