ނަޞޭޙަތް ދިނުމުންވެސް ފިރިމީހާ ނަމާދުނުކުރާނަމަ ޢަމަލުކުރަންވީ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ނަޞޭޙަތް ދިނުމުންވެސް ފިރިމީހާ ނަމާދުނުކުރާނަމަ ޢަމަލުކުރަންވީ ގޮތް!

ވަރަށް ގިނަ މުސްލިމް އަނބިންގެ ކިބައިން ލިބޭ ސުވާލެކެވެ. "ކައިވެނީގައި މިތަކެއް އަހަރުފާއިތުވެއްޖެއެވެ. މިތަކެއް ދަރިންވެސް ލިބިއްޖެއެވެ. އަހުރެން އުޅެމުން މިއަންނަނީ ވަރަށް ތަޤްވާވެރި ދިރިއުޅުމެކެވެ. ފިރިމީހާއަށްވެސް ވަރަށް ގިނައިން ނަޞޭޙަތްދީފީމެވެ. ނަމަވެސް އޭނާ ބަދަލެއް ނުވިއެވެ. ނަމާދެއްވެސް ނުކުރެއެވެ. އެހެންވީމާ ދެން ކަންތައްކުރަންވީ ކިހިނަކުންތޯއެވެ؟"

ޙަޤީޤަތުގައި މިމައްސަލައަކީ ކައިވެނީގެ ކުރިން ޙައްލުކުރަންޖެހޭ މައްސަލައެކެވެ. ޙައްލުކުރަން ކުރަން އޮތްކަމަކީ ދީން ދެކެ ޅޯބިވާ ދީނަށް ލޯބިކުރާ މީހަކާއި ނޫނީ ކައިވެނި ނުކުރުމެވެ. 

އަހުރެމެން ޤަބޫލުކުރަން ބޭނުންނުވި ނަމަވެސް ޙަޤީޤަތަކީ ފިރިހެނުންގެ ތެރެއިން މަދުމީހަކު ނޫނީ އަނބިމީހާ ބުނެގެން އޭނާގެ އުޅުމެއް ބަދަލެއް ނުކުރާނެއެވެ. ވީމާ ތަޤްވާވެރިކަން އިތުރުކުރުން، ނަމާދުކުރުން ފަދަ ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރަން ބުނިނަމަވެސް އެކަމަކަށް ސަމާލުކަމެއް ނުދޭނެއެވެ. ކަންކަން އެމީހުން ބަދަލުކުރާނީ އެމީހުންނަށް ބަދަލުކުރަން ވިސްނުމުންނެވެ. 

ދެނަބަލައިލަންވީ މިމައްސަލަތައް ނުކުންނައިރު ދެމަފިރިން ތިބޭ ޙާލަތަށެވެ. ދަރިންތަކެއް ލިބިފައެވެ. ވަކިވުން ފަށޭހައެއް ނުވާނެއެވެ. ދީނުގައި އޮތީ ނަމާދުނުކުރާނަމަ އެމީހަކާއި ވަކިވުމެވެ. އޭނާގެ ސަބަބުން އަނެކާއަށްވެސް ނުރަނގަޅު އަސަރުތަކެއްކޮށްފާނެތީއެވެ. އަދި ޤަޞްދުގައި ނަމާދު އަޅަމުން ގެންދާ މީހާ އެހުންނަނީ ދީނުގައި ނޫންކަމަށްވާތީއެވެ. 

ވީމާ އަހުރެން ދޭން އޮތް ނަބޭޙަތަކީ ކުރިން މިބުނިފަދައިން ކައިވެނީގެ ކުރިން އެކަންކަމަށް ސަމާލުކަންދިނުމެވެ. އަދި ފަހުން ނަމަވެސް ޤަޞްދުގައި ނަމާދުއަޅަމުންގެންދާ، ނަމާދުނުކުރާ މީހަކާއި އޮތީ ވަކިވުމެވެ. ވަކިވެ ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! މާރަނގަޅު ގޮތް މިންވަރުކުރައްވަވާނެތެވެ. ﷲ ތަޢާލާއަށްޓަކައި ކަމެއް ދޫކޮށްލައިފި މީހަކަށް މާރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން