ރިޒްޤް އިތުރުކުރަން ކުރެވިދާނެ 4 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރިޒްޤް އިތުރުކުރަން ކުރެވިދާނެ 4 ކަމެއް!

ރިޒްޤް ހޯދަން ކުރަން އޮތީ ހަމައެކަނި މަސައްކަތެއް ނޫނެވެ. ފުރަތަމަ ކަމެއްގެ ގޮތުން ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ.

އިބްން ޤައްޔިމް ރިވާ ކުރައްވާފައިވާ ގޮތުގައި ހަތަރު ކަމަކުން ރިޒްޤް ލިބިދެއެވެ. އެއީ:

1 ރޭއަޅުކަންކުރުން

2 އަސްތަޣްފާރުކުރުން ގިނަކުރުން، ޚާއްޞަކޮށް ރޭގަނޑުގެ ފަހުބައިގަ،

3 ޞަދަޤާތްކުރުން ގިނަކުރުން

4 ދުވާލުގެ ކުރީކޮޅުގަ އާއި ފަހުކޮޅުގައި ޛިކްރްކުރުން

މި ބަސްފުޅުގައި ދުވާލުގެ ކުރީ ކޮޅުގައާއި ފަހުކޮޅުގައި ކަމަށް ބަޔާންކުރައްވަވާފައި އެވަނީ ފަތިސް ނަމާދުގެ ފަހާއި ޢަޞްރު ނަމާދުގެ ފަހެވެ. ވީމާ ރިޒްޤް ތަނަވަސްވުމަށް އެދޭމީހާ މި ދެ ނަމާދުކުރުމަށާއި ނަމާދުގެފަހުން ޛިކުރުކުރަން ސަމާލުކަން އިތުރުކުރަންވާނެއެވެ.

މިއިން ކޮންމެ ކަމަކީވެސް އެމީހަކު ކުރަން ބޭނުންވެއްޖެ ނަމަ ވަރަށް ފަސޭހައިން ކުރެވޭނެ ކަންކަމެވެ. އެހެންކަމުން ރިޒްޤް ތަނަވަސްވުމަށް އެދޭ މީހާ މިކަންކަން ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުން ކިތަންމެހައިވެސް މުހިންމެވެ.

އެހެނަސް އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ރިޒްޤް ހޯދޭނީ ހަމައެކަނި މަސައްކަތްކޮށްގެން ކަމަށެވެ. ރަނގަޅެވެ. ރިޒްޤް ހޯދަން މަސައްކަތްކުރަންވާނެއެވެ. އެކަމަށް ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ. ސުވާލަކީ ދެން ކުރަންހުރި ކަންކަމަށް ނުވިސްނަނީ ކީއްވެގެން ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން