ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔެވުމުން ދެދުނިޔޭގަވެސް ލިބޭ ނޫރުގެ ފައިދާ އިންތިހާއަށް ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔެވުމުން ދެދުނިޔޭގަވެސް ލިބޭ ނޫރުގެ ފައިދާ އިންތިހާއަށް ބޮޑު!

ކަހްފި ސުރަތް ކިޔަވައިލުމަކީ އެންމެ 15 ވަރަކަށް މިނިޓުންވެސް ކުރެވެން އޮތް ކަމެކެވެ. އަދި ހުކުރުވިލޭރެއިން ފެށިގެން ހުކުރު ދުވަހު އިރުއޮއްސެންދެން ބަހާލައިގެން ކުރަންވެސް ފުރުޞަތު އޮތްކަމެކެވެ. އެކަމުގެ ފައިދާ މިހައި ބޮޑުކަން އެނގޭނަމަ ކިތަންމެ މަސައްކަތް ބުރަ ނަމަވެސް އެންމެންވެސް ކުރާނެއެވެ.   

"ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔެވުމުން ޖެހިގެން އަންނަ ހުކުރު ދުވަހާއި ހަމައަށް ދެއްވަވާ ނޫރަކީ މައްނަވީ ނޫރެކެވެ. މާނައަކީ ލޮލަށް ނުފެންނަ ނޫރެކެވެ. އެ ނޫރުގެ ސަބަބުން އޭނާ ނުބައި ކަންތައްތަކުން ދުރުހެލި ކުރުވާ އަދި ހެޔޮ ކަންތައްތަކަށް މަގުދައްކުވައިދެއެވެ. 

ބައެއް ޢިލްމްވެރިން ވިދާޅުވާ ގޮތުގައި އެއީ ޙިއްސީ ނޫރެކެވެ. އޭނާގެ ފައިތިލައިގެދަށުން އެ ނޫރު ޤިޔާމަތް ދުވަހުގައި ފައުޅުވާން ހުންނާނެއެވެ. އަދި އެ ނޫރުގެ ސަބަބަބުން ދުނިޔެމަތީގައިވެސް އޭނާގެ މޫނު މައްޗަށް ހިނިތުންވުން އައުމާއި ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ."

މިއަދު އޮންލައިން