ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް އެއީ މިވެނި މީހެއްގެ ސަބަބުން މެދުވެރިވި ކަމެއްކަމަށް ޤަބޫލުނުކޮށް މިމަގުން ޢަމަލުކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް އެއީ މިވެނި މީހެއްގެ ސަބަބުން މެދުވެރިވި ކަމެއްކަމަށް ޤަބޫލުނުކޮށް މިމަގުން ޢަމަލުކުރާށެވެ!: މުފްތީ މެންކް

ތިމާއަށް އެއްވެސް ކަމެއް މެދުވެރިވުމުން އެއީ މިވެނި މީހެއްގެ ނުވަތަ ބައެއްގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށް ހީވެސް ނުކުރާށެވެ! މީހަކު ނުވަތަ ބައަކު ތިބާއަށް ދެރައެއް ދޭން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ ކޮންމެ ކަމެއްވެސް މެދުވެރިކުރައްވަވާ ފަރާތަކީ ﷲ ތަޢާލާއެވެ. 

ވީމާ ކޮންމެ ކަމެއް ކުރިމަޔިވި ނަމަވެސް ފުރަތަމަ ކަމަކަށްވެސް ހިތް ސާފުކޮށް ޠޯހިރުކޮށްލާށެވެ! އެއްވެސް މީހެއްގެ މައްޗަށް ޙަސަދަވެރިކަމެއް ހިތުގައި ނުބާއްވާށެވެ! އެހެން މީހުންނަށް އެހީތެރިވުން ގިނަކުރާށެވެ. 

އެކަންކަންކުރުމަށްފަހު ﷲ ތަޢާލާއަށް ދުޢާކުރާށެވެ! އަދި ދުޢާކުރުންމަތީގައި ދެމިހުންނާށެވެ! ތިބާ އެހެންމީހުންނަށް އެހީތެރިވުމުންނާއި އަދި ކުރާ ދުޢާގެ ސަބަބުން ތިބާއަށް ހެޔޮ ގޮތް ﷲ ތަޢާލާ މިންވަރުކުރައްވަވާނެތެވެ. 

ގިނަފަހަރަށް ކަންކަން ކުރެވެނީ މިހެންނަކުން ނޫނެވެ. ކިތަންމެ ކުޑަކުޑަ ކަމެއް މެދުވެރިވި ނަމަވެސް އަދި ބޮޑުކަމެއް މެދުވެރިވިނަމަވެސް ފުރަތަމަވެސް ކޮންމެވެސް މީހަކަށް ޙަސަދަލެވެނީއެވެ. އެގޮތަށް ކަންތައް އެކުރެވެނީ އެކަން ކުރިމަތިވީ ކޮންމެވެސް މީހެއްގެ ސަބަބުން ކަމަށް ޤަބޫލުކުރެވޭތީއެވެ. އެގޮތަށް ޤަބޫލުކުރެވުމަކީ މަގުން ކައްސައިލުމެވެ. 

މީހަކަށް ދެރައެއް ދޭން މަސައްކަތްކޮށްފިނަމަ އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެމީހުންނާއިމެދު ﷲ ތަޢާލާ ފިޔަވަޅު އަޅުއްވަވާނެތެވެ. ވީމާ އެހެން މީހަކާއިމެދު ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. 

މިކަންކަން މިގޮތަށް ޤަބޫލުކޮށްގެން ހުންނަ މީހާ އަބަދުވެސް ހުންނާނީ ހިތްހަމަޖެހިގެންނެވެ. އެއްވެސް މީހަކާއިމެދު ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އެމީހާގެ ހުރިހާ ކަމެއް ވަކީލްކުރާނީ ﷲ ތަޢާލާއަށެވެ. ﷲ ތަޢާލާއީ އެކަލާނގެއަށް ވަކީލްކުރާ އަޅުންނަށް ރައްކައުތެރިކަން ދެއްވަވައި އެއަޅުންގެ ހުރިހާ ބޭނުންތައް ފުއްދަވައި ދެއްވަވާ ރަސްކަލާނގެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން