ﷲ ތަޢާލާގެ ޙަޒްރަތުގަ ކިތަންމެ ގިނަފަހަރު، ކިތަންމެ ގިނަ ކަންތައްތަކަށް އެދި ދަންނަވަންވެސް ލަދުނުގަންނާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ﷲ ތަޢާލާގެ ޙަޒްރަތުގަ ކިތަންމެ ގިނަފަހަރު، ކިތަންމެ ގިނަ ކަންތައްތަކަށް އެދި ދަންނަވަންވެސް ލަދުނުގަންނާށެވެ!: މުފްތީ މެންކް

ތިމާއަށް ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަމަކަށް އެދި ދަންނަވަން ލަދުވެތިނުވާށެވެ! ކިތަންމެ ގިނަ ކަންތައްތަކަކަށް ނަމަވެސް އެދި ދަންނަވަމުން ގެންދާށެވެ! ގިނަގިނައިން ﷲ ތަޢާލާގެ ޙަޟްރަތުގައި ކަންކަމަށް އެދި ދެންނެވުމަކީ އެކަލާނގެ ހަޟްރަތުގައި އެމީހާ މަތިވެރިވެ އުފުލިގެންދާ ކަމެކެވެ. 

ބައެއް ކަންކަން ވަރަށް އަވަހަށްވެސް ހިންމަވައި ދެއްވަވައިފާނެއެވެ. އަނެއްބައި ކަންކަން ތަންކޮޅެއް ފަހުންވެސް ހިންމަވައި ދެއްވަވައިފާނެއެވެ. އަނެއްބައި ކަންކަން ހިންމްވައި ނުވެސް ދެއްވަވައިފާނެއެވެ. 

އެކަމުގައި ވިސްނާލަން ޖެހޭނެ ގޮތަކީ ކަންކަން ހިންމަވައި ދެއްވަވާނީ އެކަމަކުން އެމީހަކަށް އެންމެ ބޮޑަށް ފައިދާކުރާނެ ވަޤުތުގައި ކަމެވެ. އަދި ދުނިޔޭގައި ހިންމަވައި ނުދެއްވަވާނީ ހިންމަވައި ދެއްވަވައިފިނަމަ އެމީހަކަށް އެކަމުން ފައިދާކުރުމުގެ ބަދަލުގައި ގެއްލުން ލިބިދާނެ ކަމަށްޓަކައެވެ. 

މިވާހަކަތައް ވަރަށް ގިނައިން ހަނދުމަކޮށްދެމެވެ. އެއީ ހަމަ ގިނަ ބައަކު ސުވާލުކުރާތީއެވެ. ގިނަ ކަންކަމަށް އެދި ދެންނެވުމަކީ ކުރަންހެޔޮވެދާނެ ކަމެއްތޯވެސް އެބަ ސުވާލުކުރެއެވެ. ޖަވާބަކީ ކިތްނަމެ ގިނަ ކަންކަމަށް ބޭނުންވިނަމަވެސް ދުޢާކުރަމުން ގެންދަންވީއެވެ. 1000 ކަންތަކަށް އެއްފަހަރާ އެދި ދެންނެވުމަކީވެސް މައްސަލައެއް ނޫނެވެ. ހަމަ ދަންނަވަމުން ގެންދަންވީއެވެ. 

ގިނައިން ކަންކަމަށް އެދި ދަންނަވާވަރަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ އިތުރުވަމުންނެވެ. އެމީހާގެ ޤަދަރު ދާނީ އުފުލެމުންނެވެ. އުފާވެރިކަމާއި ހިތްހަމަޖެހުން ދާނީ ލިބެމުންނެވެ. އިން ޝާ ﷲ 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން