ޙަރާމް ކަންކަން ކުރުމަށްފަހު އެއީ ހުއްދަކަމެއްކަން ދައްކަން މަސައްކަތްކުރުމުގެ ހުރި ނުބައިކަންބޮޑުކަން އެނގޭހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޙަރާމް ކަންކަން ކުރުމަށްފަހު އެއީ ހުއްދަކަމެއްކަން ދައްކަން މަސައްކަތްކުރުމުގެ ހުރި ނުބައިކަންބޮޑުކަން އެނގޭހެއްޔެވެ؟: މުފްތީ މެންކް

އިސްލާމް ދީނުގައި ޙަރާމް ކުރައްވަވާފައިވާ ކޮންމެ ކަމެއްވެސް ޙަރާމް ކުރައްވަވާފައިވަނީ ﷲ ތަޢާލާއެވެ. އަދި ހުއްދަ ކުރައްވަވާފައިވާ ކަންކަން ހުއްދަކުރައްވަވާފައިވަނީވެސް ހަމަ ﷲ ތަޢާލާއެވެ. ވީމާ ޙަރާމް އެއްވެސް ކަމެއް ކުރުމަށްފަހު އެކަން ހުއްދަކުރަން އެއްވެސް ބަހަނާއެއް ނުދެއްކޭނެއެވެ. އެހެނީ ﷲ ތަޢާލާގެ އެއްވެސް ޙޫކުމްފުޅަކަށް ކިތަންމެ ކުޑަނަމަވެސް ބަދަލެއް ގެނައުމުގެ ހުއްދަ ލިބިގެންވާ އެއްވެސް ފަރާތެއް ނުވެއެވެ. 

ދެން އޮތީ އިންސާނާގެ ކިބައިގައި ހުންނަ އުނި ކަންކަމުގެ ސަބަބުން ޙަރާމް ކަމެއް ކުރެވުމެވެ. ޙަރާމްކަމެއް ކުރެވިއްޖެނަމަ އޮތީ ތައުވުމަށް އަވަސްވެގަތުމެވެ. ތައުބާ ނުވެ ހުއްޓައި މަރުވެއްޖެ ނަމަ އެއީ އެމީހާގެ މައްސަލައެކެވެ. 

ކަން އޮތީ މިފަދައިން ނަމަވެސް ބައެއް މީހުންނަށް ފާފަ ކުރެވުމުން އެކަމުން ސަލާމަތްވާން ބަހަނާތައް އެބަދައްކައެވެ. ބަހަނާތައް ގިނަކުރަމުން ގޮސް ޙަރާމް ކަންކަން ޙަލާލުކަންކަމުގައި ދައްކަން ވެގެން އެބަވާހަކަދައްކައެވެ. 

އެއިރުން އެކުރެވެނީ އިތުރުފާފައެކެވެ. އެއިރުން އެކުރެވޭ ކަމަކީ ޙަރާމް ކަންކަންކުރަން އެހެން މީހުންނަށް ހިތްވަރުދިނުމެވެ. ކަމުގައި ޙަޤީޤަތް އޮޅުވައިލުމެވެ. އެއިރުން އެކަންވާނީ ﷲ ތަޢާލާގެ ޙުކުމްފުޅުތަކާއި ދެކޮޅަށް ހަނގުރާމަ އިޢުލާނުކުރުން ފަދަ ކަމަކަށެވެ. އެއީ ކާކަށް ކުރެވިގެންވާނެ ކަމެއް ހެއްޔެވެ؟ 

ކިތަންމެ ގާތް މީހަކު ނަމަވެސް ފާފައެއް ކުރާކަން އެނގޭނަމަ އެކަން ހުއްޓުވަން މަސައްކަތްކުރަންވާނެއެވެ. އެއީ މުސްލިމެއްގެ ޙައިޞިއްޔަތުން ކޮނަމެ މީހަކުވެސް އަދާކުރަންޖެހޭނެ ވާޖިބެކެވެ. އުފުލަންޖެހޭނެ ޒިންމާއެކެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން