އެދޭ ކަންކަން ޙާޞިލުކުރެވޭ މީހަކަށްވުމަށާ ހިތަށް މަޑުމޮޅިކަން ލިބުމަށް އެދެމުހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އެދޭ ކަންކަން ޙާޞިލުކުރެވޭ މީހަކަށްވުމަށާ ހިތަށް މަޑުމޮޅިކަން ލިބުމަށް އެދެމުހެއްޔެވެ؟

އައްތަބްރާނީ ބަޔާން ކުރައްވާފައި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.  

"ހިތްހަރުކަށި، މީހުންނާއި ރައްޓެހިކަން/ ގާތްކަން ބާއްވަން އުނދަގޫ މީހަކު އެކަމުން ސަލާމްތަވެވޭނެ ގޮތަކާއިމެދު ދެންނެވުމުން ރަސޫލް ޙަދީޘްފުޅު ކުރެއްވެވިއެވެ.  

ތިބާގެ ހިތް މަޑުމޮޅިވުމަށާއި އަދި ތިބާ އެދޭކަންކަން ޙާޞިލުވުމަށް އެދޭނަމަ ޔަތީމުންނަށް ރަޙުމްކުރާށެވެ! އެކުދިންގެ ބޮލުގައި ފިރުމާށެވެ! ތބާ ކާތަކެތިން ކާންދޭށެވެ! ތިބާގެ ހިތް މަޑުމޮޅިވާނެއެވެ. އަދި ތިބާ އެދޭ ކަންކަންވެސް ޙާޞިލުކުރެވޭނެއެވެ."  

މީސްތަކުންނަށް ރަޙުމް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މީސްތަކުންނަށް ރަޙުމްކުރާ މީހުން ދެކެ ﷲ ތަޢަލާ ލޯބިވެވޮޑިގެންވެއެވެ. އަދި މީސްތަކުންނަށް ރަޙޫމްކުރެއްވެވުމުގައި ރަސޫލް އީ އެންމެ ފުރިހަމަ ނަމޫނާއެވެ.  

ހިތް ހަރު މީހަކަށްވެގެން އެހެން މީހުންނަކަށް ރަޙުމެއް ނުކުރެވޭނެއެވެ. ވީމާ މީސްތަކުންނަށް ރަޙުމްކުރާ މީހަކަށްވުމަށްޓަކައިވެސް ތިމާގެ ހިތަކީ މަޑުމޮޅި ހިތަކަށް ހަދަން މަސައްކަތްކުރަންޖެހެއެވެ. ދެ ދުނިޔެ ކާމިޔާބުވުން އެކަމުގައި ވެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން