ބޮޑަށް ފައިދާކުރަނީ އިޞްލާޙްވާން ބޭނުންވާ މީހާއަށް މާފުކޮށް ދެވަނަ ފުރުޞަތު ދިނުމުންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ބޮޑަށް ފައިދާކުރަނީ އިޞްލާޙްވާން ބޭނުންވާ މީހާއަށް މާފުކޮށް ދެވަނަ ފުރުޞަތު ދިނުމުންނެވެ!

ގިނަ ބައަކަށް ކުރަން އެންމެ އުނދަގޫކަމަކަށްވެފައި އޮންނަ އެއް ކަމަކީ ބައިވެރިޔާ ބޭވަފާތެރިވެއްޖެނަމަ އަލުން އިތުބާރުކުރުމެވެ. ދެވަނަ ފަހަރަށް އިތުބާރުކުރުމެވެ. އެހެންވެ ބައިވެރިޔާ އިޞްލާޙްވީ ނަމަވެސް އެކަން ބަލައިގަތުން އޮންނަނީ ވަރަށް ދަތި އުނދަގޫ ކަމަކަށްވެފައެވެ. 

އެހެންވެ މިކަމާއި ގުޅިގެން ވަރަށް ގިނަ ބައަކު ތަފާތު ސުވާލުތައް ކުރެއެވެ. އަހުރެން ބުނާނީ ބައިވެރިޔާ އިޞްލާޙްވެއްޖެނަމަ ދެވަނަ ފުރުޞަތެއް ދިނުމުން ލިބޭނެ އުފާވެރިކަން މާބޮޑުވާނެ ކަމަށެވެ. ދެން އުފެދޭނެ ސުވާލަކީ އިޞްލާޙްވިކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟ 

މިއީ ވަރަށް މުހިންމު ސުވާލެއްވެސްމެއެވެ. އަހުރެން ބުނާނީ އެކަން އެނގޭނީ އޭނާގެ ބަސްމަގުގެ އިތުރުން އޭނާގެ ޢަމަލުތަކުން ކަމެވެ. ބަސްމަގު އޯގާތެރިވެފައި ޢަމަލުތައް ސީދާކޮށްފިކަން ޔަޤީންކުރެވިއްޖެނަމަ މާފުކޮށް ދެވަނަ ފުރުޞަތުދޭން ފަސްނުޖެހޭށެވެ! 

މައްސަލައެއް ޖެހުމުން ނުވަތަ ކުށެއް ކުރެވުމުން މާފަށް އެދިއްޖެނަމަ އެއިގެ މާނައަކީ އިޞްލާޙް ވުމުގެ ނިޔަތެއް އޭނާގެ ކިބައިގައި އެބަ އޮތެވެ. ދެން ބަލަންވީ އެއީ ހަމަ ތެދު ޙަޤީޤަތެއްތޯއެވެ! 

ވިސްނާށެވެ! މާފުނުކޮށް އޭނާ އާއި ވަކިވެ ދެން ގުޅޭ މީހާ ހަމަ އެއްވެސް ކުށެއް ނުކުރާނީ ހެއްޔެވެ؟ އެއީވެސް ވުން ވަރަށް ނާދިރު ކަމެކެވެ. ހަމައެއާއިއެކު ދެވަނަ ފުރުޞަތު ދިނުމުން އިޞްލާޙްވާ ބައިވެރިޔާގެ ކިބައިން ފަހުން ލިބޭ ލޯތްބާއި އަޅައިލުން މާބޮޑުތަނުން އިތުރުވެގެންދާކަން އެއީވެސް ތަޖުރިބާއިން އެނގެން އޮތް ކަމެކެވެ. ވީމާ އުފާވެރިކަމަށް އެދޭމީހާއަށް އޮތީ މާފުކުރުމާއި ދެވްނަ ފުރުޞަތުި ދިނުމެވެ. 

- އަލަފް  

މިއަދު އޮންލައިން