މާއިދާ ސޫރަތުގައިވާ ބައެއް ވާހަކަ- 1

ކިޔުމަށް ހޭދަވާނީ 5މ 39ސ
މާއިދާ ސޫރަތުގައިވާ ބައެއް ވާހަކަ- 1

ޢާއިޝަތު ރަފާޙް ޢަލީ

 

މާއިދާ ސޫރަތަކީ މުޞްޙަފުގެ ތަރުތީބުން 5 ވަނަ ސޫރަތުވެ. މާއިދާ ސޫރަތުގައި 120 އާޔަތް ވެއެވެ. މިއީ މަދަނީ ސޫރަތެކެވެ. މި ލިޔުމުގައި މިހިމަނާލަނީ މާއިދާ ސޫރަތުގައިވާ ބައެއް ވާހަކަތަކަށެވެ.  

·  ޢަދުލުވެރިކަން: 

ﷲ ތަޢާލާ މާއިދާ ސޫރަތުގެ 8 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ ﴿٨﴾‏

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށްޓަކައި އެކަލާނގެ حق ތައް ފުރިހަމަޔަށް قائم ކުރާ، އަދި عدل އަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ! އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން عدل ވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން عدل ވެރިވާށެވެ! އެގޮތް تقوى ވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (8)" 

·  ޢަހުދުތަކަށް ވަފާތެރިވުން: 

ﷲ ތަޢާލާ މާއިދާ ސޫރަތުގެ 7 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَاذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ وَمِيثَاقَهُ الَّذِي وَاثَقَكُم بِهِ إِذْ قُلْتُمْ سَمِعْنَا وَأَطَعْنَا ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ عَلِيمٌ بِذَاتِ الصُّدُورِ ﴿٧﴾‏

މާނައީ: "ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއޭ ތިޔަބައިމީހުން ބުނިހިނދު، ތިޔަބައިމީހުންނަށް اللَّه ދެއްވާފައިވާ نعمة އާއި، ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ ހިއްޕަވާފައިވާ عهد ކަށަވަރު ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ހިތްތަކުގައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (7)"

·  ﷲ ތަޢާލާ ދެއްވި ނިޢުމަތްތައް މަތީން ހަނދުމަކުރުން: 

ﷲ ތަޢާލާ މާއިދާ ސޫރަތުގެ 11 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ هَمَّ قَوْمٌ أَن يَبْسُطُوا إِلَيْكُمْ أَيْدِيَهُمْ فَكَفَّ أَيْدِيَهُمْ عَنكُمْ ۖ وَاتَّقُوا اللَّهَ ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ ﴿١١﴾‏

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ބަޔަކުމީހުން (عداوة ތެރިވުމުގެގޮތުން) ތިޔަބައިމީހުން ނެތިކޮށްލުމަށްރާވައި، އެއުރެންގެ އަތްތަކުން މަސައްކަތް ކުރިހިނދު، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ހަނދުމަކުރާށެވެ! ފަހެ، އެކަލާނގެ ތިޔަބައިމީހުންގެ ކިބައިން އެއުރެންގެ އަތްތައް ދުރުކުރެއްވިއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (ހަމައެކަނި) اللَّه އަށް مؤمن ން وكيل ކުރާހުށިކަމެވެ! (11)"

 

މިއަދު އޮންލައިން