ކައިވެންޏަށްފަހު އެކަކު އަނެކަކަށް ދޭންޖެހޭ ލޯތްބަކީ ކޮބައިކަން އެނގެނީ ކިހާވަރަކަށްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކައިވެންޏަށްފަހު އެކަކު އަނެކަކަށް ދޭންޖެހޭ ލޯތްބަކީ ކޮބައިކަން އެނގެނީ ކިހާވަރަކަށްތަ؟

ކައިވެނި ކުރެވުމަކުން މީހާ މީހަކަށް ނުވެއެވެ. އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް މީހާ މީހަކަށް ހަދައިދެނީ އެމީހެއްޖެ ޒަވާޖީ ޙަޔާތް ކާމިޔާބުވުމެވެ. ޒަވާޖީ ޙަޔާތް ކާމިޔާބުކުރެވެނީ އެމީހަކަށް ލިބެން ޖެހޭ ލޯބި ތެދުވެރި ގޮތުގައި ލިބުމެވެ.

ކައިވެންޏަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެމީހުންގެ މޫނު ދެފަރާތަށް އެނބުރިގެންދާ އެންމެ ޢާންމު ސަބަބަކީ ކައިވެނިން ލިބެންވާ ލޯބި ނުލިބުމެވެ. ލޯބި ލިބިދާނެ ކަމުގެ އުންމީދުވެސް ކެނޑުމެވެ. އެހެން ގޮތެއް ހޯދުމުގެ ވިސްނުން އަންނަންފަށާ އެންމެ ޢާންމު ސަބަބަކީ އެއީއެވެ.  

މިޙާލަތުގައި ލޯބި މާނަކުރަންޖެހޭނީ ދެމީހުން ބައްދައި އޮޅުލުމަކަށް އެކަންޏެއް ނޫނެވެ. އަހުރެންނަށް ވިސްނޭ ގޮތަށް ދަރަޖަ ކުރާނަމަ އެއީ ގާތްގަނޑަކަށް އެންމެ 20 އިންސައްތައެވެ. އަނެއް 80 އިން ސައްތަ ޚާއްޞަވެގެންވަނީ ދެމީހުންގެ މެދުގައި އޮންނަންޖެހޭ ގުޅުމަށެވެ. އެކަކު އަނެކަކަށް ކަމޭހިތައި އަޅައިލުމަށެވެ. އެހީތެރިވުމަށެވެ.  

ހަމައެކަނި ބައްދައި އޮޅުލުމަކީ ލޯބި ކަމަށް ޤަބޫލުކުރާނަމަ އެމީހަކީ ދިރިއުޅުމަށް ވިސްނާ މީހަކަށް ނުވާނެއެވެ. އެމީހަކު ވާނީ އެހެންކަމަކަށް ވިސްނާ މީހަކަށެވެ. އެފަދަ މީހުންގެ ކުރިމަތީގައި ހަރުދަނާ ދިރިއުޅުމަކީ އެއްވެސް މުހިންމު އެއްޗަކަށް ނުވާނެއެވެ.  

އަހުރެމެންނަށް މިއަދު ވެގެން މިއުޅޭ ގޮތަކީ ހުޅަނގުގެ ކަންކަން ކޮޕީކުރަމުން ގޮސް ދިރިއުޅުމުގެ ހުރިހާ ކަންކަން އެމީހުންނާއި އެއްގޮތްކުރަން މަސައްކަތްކުރެވެނީއެވެ. ހުޅަނގުގެ މީހުންނަކީ ކައިވެންޏަކީ މުހިންމު އެއްޗެއް ކަމަށް ދެކޭ ބައެއް ނޫނެވެ. އެމީހުންގެ ކުރިމަތީގައި ހުރިހާވެސް އެއްޗަކީ ދުނިޔޭގެ ލައްޒަތެވެ. ނަމަވެސް މުސްލިމުންނަށް އެންމެ މުހިންމީ ކައިވެންޏެވެ. މުސްލިމުން ދުނިޔޭގެ ލައްޒަތު ހޯދަން އޮތީ ކައިވެނީގެ ތެރެއިންނެވެ. 

އަހުރެން ބުނާނީ ކޮންމެ ދެމަފިރިއަކުވެސް ލޯތްބާއި ލޯބިދިނުމާއިމެދު މި ޙަޤީޤަތްތައް ޤަބޫލުކޮށްފިނަމަ ދިރިއުޅުމުގައި ޖެހޭ މައްސަލަތައް ބޮޑުތަނުން މަދުވެގެންދާނެއެވެ. ލޯތްބަކީ އުފާވެރިކަމާއިއެކު ދިރިއުޅުން ކަމަށް ޤަބޫލުކޮށްގެން ދިރިއުޅޭނަމަ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް މަދުވެ އުފަލުގައި ދިރިއުލެވޭނެއެވެ. އިން ޝާ ﷲ  

--އަލަފް

މިއަދު އޮންލައިން