ޝައިޠޯނާ ތިބާގެ ގައިމަތީގައި އޮވެގެން ޖައްސުވާ އެންމެ ބޮޑު ބުރަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޝައިޠޯނާ ތިބާގެ ގައިމަތީގައި އޮވެގެން ޖައްސުވާ އެންމެ ބޮޑު ބުރަ!

ތިބާއަކީ ވަރަށް ހިތްވަރާއިއެކު ދިރިއުޅެން މަސައްކަތްކުރާ މީހަކަށްވެސް ވެދާނެއެވެ. ޖިމްތަކަށްގޮސް އެތައް ކިލޯއެއްގެ ބަރު ފަސޭހަކަމާއިއެކު އުފުލައިލާ މީހަކަށްވެސް ވެދާނެއެވެ. ނަމަވެސް ބުނަންހެއްޔެވެ؟ 

އެއްފަހަރާ 200 ކިލޯގެ ބަރު އުފުލައިލުމަށްވުރެ މާބުރަ ކަމެއް މުސްލިމުންނަށް ވެއެވެ. އެއީ އުފުލަންޖެހޭ އެއްތީގެ ބަރުދަން ބުރަކަމަކުން ނޫނެވެ. އެވަގުތު އެ ލުއި އެތިވެސް 200 ކިލޯއަށްވުރެ މާބޮޑަށް ބުރަވެގެންދަނީއެވެ.  

އެއްއެއްޗަކީ ކޮބައިހެއްޔެވެ؟ އެ ލުއި އެތި އުފުލަން ބުރަބޮޑުވެގެންދާ ވަޤުތަކީ ކޮބައިހެއްޔެވެ؟ 

ޖަވާބަކީ އެ ވަޤުތަކީ ފަތިސް ވަޤުތެވެ. އުފުލާލަން ބުރަވަނީ ގައިމަތީގައި އަޅާފައި އޮންނަ ފޮތިގަނޑު ނުވަތަ ރަޖައެވެ. 

ދެން އުފެދޭނެ ސުވާލަކީ އެހައި ލުއި އެއްޗެއް އުފުލައިލަން އެހައި ބުރަބޮޑުވެގެންދަނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ ޝައިޠޯނާ އެ ފޮތިގަނޑު މައްޗަށް އަރައި ހިއްލާލިއަ ނުދެނީއެވެ. ފޮތިގަނޑުމަތީގައި އަދި ތިބާގެ ގައިމަތީގައި އޮށޯވެގެން އޮންނަނީއެވެ. ތެދުވަން ފޮތިގަނޑު ހިއްލާލަން އުޅޭވަރަކަށް ބުރަދަން ބުރަކުރުވަނީއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހުރެމެންގެ އާޚިރަތްވެސް އަދި ދުނިޔެވެސް ބާއްޖަވެރި ކުރުވެން އޮތް ހަމައެކަނި ގޮތަކީ ޝައިޠޯނާއަށް އެފުރުޞަތު ނުދިނުމެވެ. ފަތިސްވުމުން އަވަހަށް ހޭލައި އެނދުންތެދުވެ ތައްޔާރުވެ ވުޟޫކޮށްލައިގެން މިސްކިތުގެ ޖަމާއަތަށް ދިއުމެވެ. އަންހެނުން ގޭގައި ފަތިސްނަމާދު ކުރުމެވެ. އެކަން ނުކުރެވޭނަމަ އަހުރެމެންނަށް އާޚިރަތްވެސް އަދި ދުނިޔެވެސް ކާމިޔާބުކުރަން ހުރަސްތަކެއް ކުރިމަތިވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން