އެންމެ ފައިދާހުރި މަސައްކަތް: ޢަމަލުތައް އިޞްލާޙުކުރައްވާނެ، ފާފަތައް ފުއްސަވާނެ މަސައްކަތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
އެންމެ ފައިދާހުރި މަސައްކަތް: ޢަމަލުތައް އިޞްލާޙުކުރައްވާނެ، ފާފަތައް ފުއްސަވާނެ މަސައްކަތް!

ކުރަން އެންމެ ފައިދާހުރި މަސައްކަތަކީ އެމީހަކަށް އެނގޭ މިންވަރަކުން އިސްލާމް ދީނުގެ ދައުވަތު ދިނުމެވެ. ކިތަންމެ ކުޑަ ހެޔޮ ބަހަކުން ނަމަވެސް އަދި ފޮޓޯ/ ވީޑިއޯއަކުން ނަމަވެސްމެއެވެ. އިސްލާމްދީނުގެ ދަޢުވަތު ދޭ މީހާގެ ޢަމަލުތައް އިޞްލާޙުކުރައްވާނެއެވެ! އޭނާގެ ފާފަތައް ފުއްސަވާނެއެވެ! 

އެކަން ބަޔާންކުރައްވައި ޝައިޚް މުޙައްމަދު ޝާފިޢޫ ވިދާޅުވެފައިވަނީ މިފަދައިންނެވެ. 

ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ. 

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا * يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ -الأحزاب 70-71 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ. (އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ޢަމަލުތައް އެއިލާހު އިޞްލާޙު ކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެއިލާހު ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ." 

ޝައްކެތް ނެތް ގޮތުގައި ސީދާވެގެންވާ ބުނުމަކުން ބަސްބުނާ މީހާއީ ﷲ ގެ މަގަށް ގޮވާލާ މީހާއެވެ. އިސްލާމްދީނުގެ ދަޢުވަތު ދޭ މީހާއެވެ. އެކަން އެގޮތަށް ކުރުމުން ﷲ ތަޢާލާ

  • އޭނާގެ ޢަމަލުތައް އިޞްލާޙުކުރައްވާނެއެވެ.
  • އޭނާގެ ފާފަތައް ފުއްސަވާނެތެވެ. 

ވީމާ، ދަޢުވަތުގައި އުޅޭށެވެ. ޢަމަލުތައް އިޞްލާޙުވުމަށްޓަކައި އެއަށްވުރެ ބޮޑަށް ބާރުއަޅާ ކަމެއް ނެތެވެ. އެހެނީ އެހެން މީސްތަކުންނަށް ދަޢުވަތު ދޭނަމަ، އެކަންކަމަށް ތިބާ ޢަމަލު ކުރަން ތިބާއަށް ކޮންމެހެންވެސް ޖެހޭނެއެވެ. 

د.عبد الملك القاسم 

- ޝައިޚް މުޙައްމަދު ޝާފިޢު

 

 

މިއަދު އޮންލައިން