އަނބިދަރިންގެ ވާޖިބު އަދާނުކުރެވޭ މީހަކު ސުންނަތުގަ އޮތީތީ 2 ވަނަ އަންތބަކު ހޯދުމެއް ދީނަކު ނެތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އަނބިދަރިންގެ ވާޖިބު އަދާނުކުރެވޭ މީހަކު ސުންނަތުގަ އޮތީތީ 2 ވަނަ އަންތބަކު ހޯދުމެއް ދީނަކު ނެތް!: މުފްތީ މެންކް

ކުރިންވެސް ދައްކަމުން އަންނަ ވާހަކައެއް މިރޭވެސް ދައްކައިލާނަމެވެ. ބައެއް ފިރިހެނުންނަށް ޢަމަލުނުކުރެވިގެން ކަންވޮޑުވާ ސުންނަތުގެ ވާހަކައެވެ. ސުންނަތަކީ ހަމައެކަނި އެންމެ ކަމެއްކަމަށް ދެކެގެން ވާހަކަދައްކާ ފިރިހެނުން އެބުނާ ސުންނަތުގެ ވާހަކައެވެ. 

އެސުންނަތަކީ ދެވަނަ އަންތބަކު ހޯދުންކަމަށް ހަދައިގެން އުޅޭ ފިރިހެނުންނަށް ބުނެލަން އޮތީ ދެވަނަ އަންތބަކު ހޯދުން ސުންނަތަކަށް ވާނީ މިހާރު ހުރި މީހާއަށް ސުންނަތުގައިވާ ފަދައިން ކަންކަން ކޮށްދިނުމަށްފަހުގައެވެ. އެކަނބަލުންގެ ޙައްޤުތައް ޤުރްއާނާއި ސުންނަތުގައިވާފަދައިން އަދާކޮށްދިނުމަށްފަހުގައެވެ. 

ކައިވެނިކުރީއެވެ. ޙާލެއް ނުބެލެއެވެ. އަޅައެއް ނުލެވެއެވެ. އެކަނބަލުން ބަލިވުމުން ބޭސްފަރުވާ ކޮށެއް ނުދެވެއެވެ. ބޯހިޔާވަހިކަން ފޯރުކޮށެއް ނުދެވެއެވެ. ކާންބޯކަށް ނުދެވެއެވެ. މިފަދަ އެތައް ކަމެއް ކޮށް ނުދެވި ހުރުމުގެ އިތުރުން އެކަނބަލުން ނިދާގަޑިއަށް އެކަނބަލުންނާއިއެކު ނިދާކަށްވެސް ނުދެވެއެވެ. ނިދަން ޖައްސުވަނީ އެކަންޏެވެ. އެކަމަކު ކަންބޮޑުވަނީ 2 ވަނަ އަންތބަކު ނުހޯދިގެންނެވެ. 

ވަރަށް ސާބިތުކަމާއިއެކު ބުނަމެވެ. އަނބިމީހާއަށް ކޮށްދޭން ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވާ ކަންކަން މިހާރު ހުރި އަނބިމީހާއަށް ކޮށްނުދެވޭ ފިރިއަކަށް 2 ވަނަ އަންތބަކު ހޯދުމަކީ ސުންނަތަކަށްވާނެ އެއްވެސް ގޮތެއް އަހުރެންނަކަށް ނުއެނގެއެވެ. އިސްލާމް ދީނަކުން އަހުރެންނަކަށް ނުފެނެއެވެ. 

ފަރުޟު ނަމާދުތައް ނުކުރާ މީހަކު ސުންނަތް ނަމާދުތައް ނުކުރެވިގެން ކަންބޮޑުވެގެން އުޅުނީމާ އެއީ ދެކޮޅުޖެހޭ ކަމަކަށްވާނެހެއްޔެވެ؟ 2 ވަނަ އަންތބަކު ހޯދުންވެސް މިއޮތީ ހަމަ އެފަދަ ގޮތަކަށެވެ. މިހާރު ހުރި އަނބިމީހާއަށާއި ދަރިންނަށް އަދާކުރަން ޖެހޭ ވާޖިބުތައް އަދާނުކުރެވިގެން އުޅެމުން ސުންނަތުގައި އޮތީތީ 2 ވަނަ އަންތބަކު ހޯދުމުގެ ވާހަކަ ދެއްކުމަކީ ހަމައެފަދަ ކަމެކެވެ. 

ވީމާ ފުރަތަމަ ކަމަކަށް ވާޖިބު އަދާކުރާށެވެ! އެއިގެ ފަހުން ސުންނަތުގެ ވާހަކަ ދައްކާށެވެ! ވާޖިބު އަދާކުރުމަށްފަހު ސުންނަތް ކަންކަން ކުރަން މަސައްކަތްކުރާށެވެ! އިސްލާމް ދީނުގައި އޮތީ އެގޮތެވެ. ވާޖިބު އަދާނުކޮށް ސުންނަތުގެ ވާހަކަ ދެއްކުމެއް ނެތެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން