ތިބާ އެ ޛިކުރު ކިޔުން ގިނަކުރިވަރަކަށް ތިބާއަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުކުރައްވަވާނެ ޛިކުރު: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ތިބާ އެ ޛިކުރު ކިޔުން ގިނަކުރިވަރަކަށް ތިބާއަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުކުރައްވަވާނެ ޛިކުރު: ޝައިޚް އަބޫބަކުރު ޒައުދު

ޛިކުރުތަކާއި އެންމެ މަތިވެރި ޛިކުރުތައް ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ. ހަަމއެކަނި މައްސަލައަކީ ނުކިޔޭ ކަމެވެ. ވީމާ ހިތްވަރުދިނުމުގެ ގޮތުން ބުނެލަމެވެ.  

އެ ޛިކުރެއް ކިޔުން ގިނަކުރިވަރަކަށް އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުކުރައްވަވާނެ ޛިކުރެއްވެއެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ޛިކުރެކެވެ. ތާއަބަދު މަލާއިކަތުން ވިދާޅުވަމުން ގެންދަވާ ޛިކުރެކެވެ! 

އެކަލިމައާއިބެހޭގޮތުން ޙަދީޘްފުޅުގައިވަނީ "ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ކަލިމައަކީ سبحان الله وبحمده" ކަމަށެވެ.  

އަބޫ ޛައްރު ރިވާކުރައްވެވި ޙަދީޘްފުޅެއްގެ މާނައިގައިވަނީ ކިޔަން އެންމެ މަތިވެރި ކަލިމައަކީ سبحان الله وبحمده އެވެ. އަދި އެއީ މަލާއިކަތުންނާއި މީސްތަކުންގެވެސް އެންމެ މަތިވެރިކަން ބޮޑު ކަލިމަ ކަމަށެވެ.

އަދި ކީއްހެއްޔެވެ؟ ރޭގަނޑުގެ ބިރުވެރިކަމުން ސަލާމަރްވުމަށްވެސް، އަދި ޞަދަޤާތްކުރެވެން ނެތިގެން ކަންބޮޑުވާ މީހާވެސް ގިނަގިނައިން سبحان الله وبحمده ކިޔާށެވެ! ދޫމައްޗަށް ފަސޭހަ، މީޒާނުގައި ބުރަކަން ބޮޑު ކަލިމައެއްގެ ގޮތުގައި ވެސް ޙަދީޘްފުޅުކުރައްވަވާފައިވަނީ سبحان الله وبحمده އެވެ. 

މީސްތަކުންނޭވެ! ޛިކުރް ކުރުމުގައި ސާބިތުވާށެވެ! ވީހައި ގިނައިން ޛިކުރުކުރާށެވެ! ޛިކްރްކުރުންމަތީގައި ދެމިހުންނަ މީހަކާއި ޝައިޠޯނާއަކަށް ކައިރިވެސް ނުވެވޭނެއެވެ. އަދި މަސައްކަތުގައި އުޅެމުންވެސް ވީވަރަކުން ޛިކުރުކުރާނަމަ ދުވަސް ނިމިގެންދާއިރު އޮންނާނީ އެއްވެސް ބުރައަކަށް ނުވެ ވަރަށް ގިނަ އަދަދަކަށް ޛިކުރުކުރެވިފައެވެ.   

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން