ތިބާއާއިއެކު ތިބާގެ ދިފާޢުގައި ﷲ ތަޢާލާ ބައިތިއްބަވާ މަލާއިކަތުން ތިބާ ދޫކުރައްވައި ދުރަށް ވަޑައިގަތަ ނުދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ތިބާއާއިއެކު ތިބާގެ ދިފާޢުގައި ﷲ ތަޢާލާ ބައިތިއްބަވާ މަލާއިކަތުން ތިބާ ދޫކުރައްވައި ދުރަށް ވަޑައިގަތަ ނުދޭށެވެ!

އަހުރެން ވަރަށް ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. ކޮންމެ އެއްޗަކުން ދިޔަފެލިނަމަވެސް ނުކުންނާނީ އެއްޗެއްގެ އެތެރޭގައި ހުރި އެއްޗެކެވެ. ނެތް އެއްޗެއް ނުނުކުންނާނެއެވެ. 

ބައެއް މީހުން ރުޅި އައުމުން ނުބައި ބަސްތައް ބުނެ، ހަރުކަށި ޢަމަލުތައް ކުރުމަށްފަހު އެކަންކަން ކުރެވުނީ މއޭނާ ތިމާ ރުޅި އެރުވުމުން ކަމަށް އެބަ ބުނެއެވެ. މިއީ އެއްގޮތަކަށް ދެކޮޅު ޖެއްސޭނެ ވާހަކައެއް ނޫނެވެ. އެހެނީ އޭނާ ތިބާ ރުޅިއެރުވުމާއި ތިބާކުރި ކަންތަކާއި އެއީ މުޅީން ތަފާތު ދެކަމެކެވެ. އޭނާ ކުރިކަމެއް ކުރީއޭނާއެވެ. ތިބާ ކުރިކަމެއް ކުރީ ތިބާ އަމިއްލައަށެވެ. 

މިބުނާ ވާހަކައަކީ މީހަކު ތިބާ ކިތަންމެ ވަރަކަށް ރުޅިއެރުވިނަމަވެސް ތިބާއަށް ނުބައިބަސްތައް ބުނެވެނީވެސް އަދި ނުބައި ޢަމަލުތައް ކުރެވެނީވެސް ތިބާގެ ކިބައިގައި އެސިފަތައް ހުރުމުންނެވެ. ނެތްނަމަ އެކަންކަމެއް ނުކުރެވޭނެއެވެ. 

ވީމާ ކުރަން އޮތް ކަމަކީ އޭނާ ކުށްވެރިކުރުމެއް ނޫނެވެ. ތިމާ އިޞްލާޙްވުމެވެ. 

މިކަމަށް ވަރަށް ބޮޑަށް ހިތްވަރުލިބޭ ޙަދީޘްފުޅެއްވެސް ފާހަގަކޮށްލާނަމެވެ. 

އެއީ މީހަކު ނުބައި ަބސްތައް ބުނެ ރުޅި އަރުވަން މަސައްކަތްކުރިނަމަވެސް އެމީހާއަށް ރައްދުނުދޭހައި ހިނދަކު އެމީހާގެ ދިފާޢުގައި ﷲ ތަޢާލާ މަލާއިކަތުން ބައިތިއްބަވާނެ ކަމަށާއި ރައްދުދީފިނަމަ އެތަން ދޫކުރައްވަވައި މަލާއިކަތުން ދުރަށް ވަޑައިގަންނަވާނެ ކަމަށާއި އެއިރުން އެތަނުގައި ތިބޭނީ ޝައިޠޯނުންކަމަށް ކުރައްވަވާފައިވާ ޙަދީޘްފުޅެވެ. 

ތިބާ ރުޅިއަރުވަން މީހަކު ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ރައްދުނުދޭށެވެ! ތިބާއާއިއެކު ތިބާގެ ދިފާޢުގައި ﷲ ތަޢާލާ ބައިތިއްބަވާ މަލާއިކަތުން ތިބާ ދޫކުރައްވައި ދުރަށް ވަޑައިގަތަ ނުދޭށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން