ދިރިއުޅުމުގައި މައްސަލަތައް ކުރިމަތިވެގެން ޙައްލު ހޯދަން ގިނަ ބައަކު މަޝްވަރާކުރެއެވެ. އެޟިހުންގެ ބައިވެރިން މިވެނި އެވެނި ފާފަތަކެއް ކުރާކަމުގެ ޝަކުވާކުރެއެވެ. ބައެއް މީހުންގެ ލިސްޓް ވަރަށް ދިގެވެ.
ފުރަތަމަވެސް އަހަރެންގެ ސުވާލަކީ އެފަދަ ފާފަ ކުރެވެނީ ޙާލަކުން ފަހަރަކު ހެއްޔެވެ؟ ނޫނީ އަބަދުވެސް ކުރަނީހެއްޔެވެ؟ ޙާލަކުން ފަހަރަކު ފާފައެއް ކުރެވުމަކީ އިންސާނަކަށްވީތީ ކުރެވިދާނެ ކަމެކެވެ. ނަމަވެސް ފާފަކުރުމަށް އާދަވެ ދެވިހިފައިފިނަމަ އެމީހަކު އެވަނީ އެންމެ ނުބައި ދަރަޖައިގައެވެ.
ލިސްޓްކިޔާކަށް ނެތީމެވެ. މަދުފާފަފަ ނަމަވެސް ގިނަ ފާފަނަމަވެސް ފާފަކުރަން ދެވިހިފައިފިނަމަ އެމީހަކު އެވަނީ އޭނާގެ ދެއަތުން އޭނާގެ އަމިއްލަ ދިރިއުޅުމުގައި ހުޅުޖަހައި އަންދާ މީހަކަށެވެ. އެފަދަ މީހުންނަށް ބާއްޖަވެރި ޙަޔާތެއް ނުލިބޭނެއެވެ. އަބަދުވެސް ދިރިއުޅެންޖެހޭނީ މުޞީބާތްތަކާއިއެކުގައެވެ. އެހެންކަމުން އެންމެ ނުރައްކާތެރިބައަކީ އެއީއެވެ.
ވީމާ ބައިވެރިޔާއަކީ މަދުފާފަނަމަވެސް ގިނަފާފަ ނަމަވެސް އެއްވެސް ފާފައެއް ކުރަން ދެވިހިފައިފާ މީހަކު ކަމުގައިވެއްޖެނަމަ ފުރަތަމަ ކަމަކަށް އަވަހަށް ތައުބާވުމަށް ނަޞޭޙަތްދޭށެވެ. ނަޞޭޙަތް ޤަބޫލުނުކުރިނަމަ އަވަހަކަށް އެމީހަކާއި ދުރުވާށެވެ! އެފަދަ މީހަކާއިއެކު އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން