ނުވަދިހަ އިންސައްތަ ކައިވެނި ރޫޅޭ ސަބަބަކީ ދޫނުބައިވުން! ދޫނުބައި ބައިވެރިއަކާއެކު ދިރިނޫޅެވޭނެ! މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ނުވަދިހަ އިންސައްތަ ކައިވެނި ރޫޅޭ ސަބަބަކީ ދޫނުބައިވުން! ދޫނުބައި ބައިވެރިއަކާއެކު ދިރިނޫޅެވޭނެ! މުފްތީ މެންކް

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ތިމަން ﷲ އަށް ބިރުވެތިވުމަށާއި ދުލުން ހެޔޮ ބަހެއް ނޫނީ ނުބުނުމަށެވެ. ސުވާލަކީ އަހަރެމެގެތެރެއިން ކިތައް މީހުންނަށް މި ވަޙީބަސްފުޅަށް ސަމާލުކަން ދެވޭ ހެއްޔެވެ؟

ކައިވެނި ދމެހެއްޓުމުގެ އެންމެ ބޮޑު އެއްބާރަކީ ދުލުން ހެޔޮބަސްބުނުމެވެ. އޯގާތެރިކަމާއިއެކު މުޢާމަލާތުކުރުމެވެ. ކައިވެނީގެ ޚުޠުބާގައި އެކަމަށް ބާރުއަޅައި ނަޞޭޙަތްތެރިވަނީ އެސަބަބަށްޓަކައެވެ. އެހެންކަމާއިއެކުވެސް ޚުޠުބާއިން އެންމެ ފުރަތަމަ ހަނދާން ނެތޭ ކަމަކަށްވެފައި އޮންނަނީ އެކަމެވެ.

ދެމަފިރިން އެކަކު އަނެކަކަށް ނުބައި ބަސްތައް ބުނާނަމަ ފޫހިވާންފަށާނެއެވެ. އެފޫހިކަން ނަފްރަތަށްބަދަލުވާންފަށާނެއެވެ. ނަފްރަތަށް ބަދަލުވުމުން އެކަން ހތުން ފުހެލުން އޮންނަނީ ވަރަށް އުނދަގޫކަމަކަށް ވެފައެވެ.

ވަރަށް ކުޑަކުޑަކުޑa މިސާލެއް ބުނެފާނަމެވެ. ދެމަފިރިންގެ މެދުގައި ބޮޑު މައްސަލައެއް ޖެހުނު ނަމަވެސް ރވެތިކޮށް މުޢާމަލާތުކުރެވޭނެ ހަމަ މާބޮޑުކަމަކަށްނުވެ ޙައްލުކުރެވޭނެއެވެ. އަދި ކިތަންމެ ކުޑަ ކަމެއްގައިނަމަވެސް ހުތުރުބަހުން، ހަރުކަށިކަމާއިއެކު މުޢާމަލާތުކުރާނަމަ އެކަން އޮންނާނީ ވަރަށް ބޮޑުކަމަކަށްވެފައެވެ.

އަދި ކީއްހެއްޔެވެ؟ ދެމަފިރިންގެ މެދުގައި ރިވެތިކޮށް މުޢާމަލާތުކުރުމަކީ ދުރު މީހުންނާއި ރިވެތިކޮށް މުޢާމަލާތުކުރަން ފަސޭހަވެގެންދާ ކަމެކެވެ. ވީމާ މިފަދަ ހުރިހާ ސަބަބުތަކަކަށްޓަކައި ރިވެތި ގޮތުގައި މުޢާމަލާތުކުރާ މީހަކަށްވާށެވެ! ޒަވާޖީ ޙަޔާތްވެސް، އެހެން ކަންކަންވެސް ކާމިޔާބުކުރަން މަގުފަހިވެގެންދާނެއެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން